މާލެއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، ގެއްލިގެން ހޯދަމުން ދިޔައީ ދ. މާއެނބޫދޫ، ފަރިމާވިލާ އަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ހަސަން ރަމީޒް ކަމަށެވެ.
އޭނާ ގެއްލިގެން ހޯދަމުންދިޔައީ މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވުމާއި ގުޅިގެން އައިލާއިން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ މިމަހުގެ 10 ވަނަދުވަހު އެވެ.
އޭނާ ހޯދުމުގެ މަސައްކަތްކޮށް ހަބަރެއް ނުވުމުން ފުލުހުން އޭނާ ހޯދުމަށް އާއްމުކޮށް އިއުލާންކުރީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ ރަމީޒް ފެނުނީ އޭނާ ގެއްލިގެން އާއްމުކޮށް އިއުލާންކުރި ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލެއިން ކަމަށެވެ.
އަބީޝޭކްގެ ސަބަބުން ޝާހްރުކް ޚާންއަށް އައިޝްވާރްޔާ ނޫނެކޭ ބުނި؟
ޑޮކްޓަރުންގެ 60 ޕަސެންޓަކީ އަދިވެސް ބިދޭސީން: ގީލާ
ސިއްހީ މަޝްރޫއުތަކުން 60 މިލިއަން ރުފިޔާ އިސްރާފުވި: ގީލާ
