ބާރަށް ހިނގާ މީހުންގެ އުމުރު ދިގުވުމުގެ ފުރުސަތު ބޮޑުކަމަށް އެމެރިކާގެ ޔުނިވާރސިޓީ އޮފް ޕިޓްސްބާރގްއިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކުވައިފި އެވެ.
ޕިޓްސް ބާރގް ޔުނިވާރސިޓީގެ ޓީމަކުން ވަނީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ބާރަށް ހިނގާ މީހުންނަކީ ސިއްހަތު ރަނގަޅު މީހުންކަމަށާއި އަދި އެމީހުންގެ އުމުރު ދިގުވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ބުނެފަ އެވެ.
އެ ޓީމުން ކުރި ދިރާސާގައި ވަނީ މުސްކުޅި އުމުރުފުރައިގެ 34،000 މީހުން އާންމުކޮށް ހިނގާ ސްޕީޑްގައި ވަކި ދުރުމިނަކަށް ހިނގާ މިންވަރު ބަލައިފަ އެވެ.
އެގޮތުން މިދިރާސާ 21 އަހަރު ވަންދެން ކުރިއަށް ގެންދިޔައިރު މި މީހުން ހިނގަމުންދިޔަ ސްޕީޑާއި އެމީހުންގެ އުމުރަށް އަންނަމުންދިޔަ ބަދަލުގައި ކޮންމެވެސް ވަރެއްގެ ގުޅުމެއްވާކަމަށް ހޯދައި ކަނޑައަޅާފައިވެ އެވެ.
މި ދިރާސާ މައިގަނޑުގޮތެއްގައި އުމުރުން ދުވަސްވީ މީހުނުނަށް ހާއްސަކުރެވުނު ނަމަވެސް ބާރަށް ހިނގަން ފެށުމުން ކޮންމެ އުމުރެއްގެ މީހެއްގެވެސް އުމުރު ދިގުވުމުގެ ފުރުސަތު އެބަ އޮތްކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
އެހެން ކަމުން އާއްމު ދިރިއުޅުމުގައި ވެސް ހިނގާބިނގާވެ އުޅޭއިރު ބާރަށް ހިނގުމަކީ ދިގު މުއްދަތުގައި ސިއްހަތަށް ފައިދާހުރި ކަމަކަށް ވާނެ އެވެ.
"ތިން މީހުން ހޯދަން ހުވަދޫ ކަނޑު ބަލާ މާދަމާ ނިންމާލެވޭނެ"
މީރު ރަހަތައް ގުރުބާން ނުކޮށް ވެސް ދުޅަހެޔޮ ކެއުމެއް ކެވިދާނެ!
އިންޑޮނޭޝިއާއަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް