ގދ. ތިނަދޫގައި އުމުރުން 80 އަހަރުން މަތީގެ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަނީ އެރަށު، ކަސްޓަޑުގެއާގޭ ހައްވާފާނު (ހައްވަހަންތަ) އެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ މިއަދު ހަވީރު 3:45 ހާއިރު ތިނަދޫ މަަފުށި ސަރަހައްދުންނެވެ. އޭގަފަހުން އޭނާ ނުފެނެ އެވެ.
ތިނަދޫ ކައުންސިލް މެންބަރަކު ވިދާޅުވީ ރަށު ކައުންސިލަރުންނާއި ފުލުހުންނާއި ރައްޔިތުން ނުކުމެ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާތަނަށް ރަށުގެ އެތައް ސަރަހައްދެއް ބަލައި ޗެކްކޮށްފައިވާއިރު، އަދިވެސް އޭނާ ނުފެނެއެވެ.
ޑްރަގް އެތެރެ ކުރި ދެ މީހަކު ހައްޔަރުކޮށްފި
ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ހުށަހަޅާ މުއްދަތު އިތުރުކޮށްފި
ސުންނީ ނުވަތަ ޝީއާ މުސްލިމުންނޭ ކިޔަނީ ބައިބައި ކުރަން: މައުމޫން
