ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް ހ. ރުވާމާގޭ އަހުމަދު ތަސްމީން އަލީ އައްޔަންކުރައްވައި އެމަނިކުފާނަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި އެވެ.
ތަސްމީނަށް ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ފަތްކޮޅު ދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
ޑީއާރުޕީގެ ކުރީގެ ލީޑަރު ތަސްމީނަކީ، އިނގިރޭސި ވިލާތުގެ، ޔުނިވާސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ އެމަގާމަށް ހޮވީ، ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް ތަސްމީން އައްޔަންކުރުމަށް ރުހުންދޭން ފެންނަކަމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ.
ތަސްމީން މީގެ ކުރިން ފުރުއްވާފައިވާ، މުހިއްމު ބައެއް މަޤާމްތަކުގެ ތެރޭގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަގާމާއި، މިނިސްޓަ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ މަޤާމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހިމެނެ އެވެ.

މިފަހަރު 3 ކަރުދާސްކޮޅު ލާން ޖެހޭނީ ވަކި 3 ފޮއްޓަށް: އީސީ
ހޯރަފުށީގައި ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލައެއް ބަލަނީ
ހާރުދަމުގެ ކެއުމުގައި މި ބާވަތްތައް ހިމަނަންތަ؟

ތަސްމީނު ސަފީރަކަށް ވުމުގެ ކުރިން ދަރަނިތައް ނިންމަން ޖެހޭނެކަން ދަންނާށެވެ. ކަބާލިފަރު ގަތް މީހުނަށް ލިބެންޖެހޭވެސް 5 ވަރަކަށް މިލިޔަން ޑޮލަރު އެބައޮތެވެ.