ސިވިލް ސާވިސް ކޮމިޝަންގެ ރައީސަކަށް، މުހައްމަދު ނާސިހު އަދި ނައިބް ރައީސަކަށް އިބްރާހިމް ރަޝީދު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސާއި ނައިބު ރައީސް ކަމަށް އެ ދެ ބޭފުޅުންގެ ނަން ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަދުން ހުސައިން) އެވެ.
އެ ދެ ބޭފުޅުންނަށް ވެސް މިއަދު ވަނީ 68 ވޯޓު ލިބިވަޑައިގެންފައެވެ.
ނާސިހާއި އިބްރާހިމް ރަޝީދުގެ އިތުރުން ދެން އެ ކޮމިޝަނުގެ މެމްބަރު ކަމަށް ދާދިފަހުން މަޖިލީހުން ރުހުންދިނީ މުހައްމަދު ފަރުސަތު އަދި ފާތިމަތު ޝަރީފަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެ ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަން ކުރެއްވި ހުރިހާ ބޭފުޅުން ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

އީރާނުން ގަލްފުގެ ގައުމުތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި
ދިރާގުން ދޭ ފަހު ސްޕީޑް ބޯޓު ހޯދުން މިމަހުގެ ނިޔަލަށް
އެސްއެމްއީ ޑިޓިޓަލްއިން 4،000އަށް ވުރެ ގިނަ ވިޔަފާރިއަށް އެހީ
