ގިނަ ދިވެހީންތަކަކާއެކު އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އަލަމް ގިރި ހައްޔަރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކޯޓް އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރީ މާފަންނުގައި ހުރި ގެސްޓް ހައުސްއަކުންނެވެ.
އަލަމް ގިރި އާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަހުމަދު ނާޒިމް އަބްދުއްސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހިމެނެއެވެ. އަދި އެ މައްސަލާގައި ތުހުމަތު ކުރެވޭ ފުލުހަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އެ ދެ ބޭފުޅުން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އެ މައްސަލައާ ގުޅިގެން މީގެކުރިން ވަނީ ނާޒިމް ސައްތާރު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެއްޖިންސުން ގުޅުން ހިންގި އެންމެން ހައްޔަރުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.