ހުޅުމާލޭ ދެވަނަ ފިޔަވަހީގައިވާ ހިޔާ ފްލެޓްތަކަށް ކުޑަދޮރުން ފެން ވަންނަ މައްސަލަ ހައްލުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.
ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަނީ ވިއްސާރަ މޫސުމުގައި ފްލެޓްތަކަށް ކުޑަދޮރުން ފެން ވަދެ، ފެން ބޮޑުވާތީ ޝަކުވާކުރަމުންނެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގައި ފްލެޓްތަކުގައި ދިރިއުޅުމަށް އާންމުންނާ ހަވާލު ކުރިއިރު، އޭރުން ފެށިގެން ވެސް އެ މައްސަލައަށް ހައްލެއް ހޯދުމަށް ބުނެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން އެޗްޑީސީން ބުނީ، ހިޔާ ފްލެޓްތަކަށް ދިމާވެފައިވާ އެ މައްސަލައަށް ހައްލެއް ގެނައުމަށް ބޭނުންވާ ތަކެތި މިހާރު ލިބިފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ފަށަން ޖެހޭ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެގޮތުން އެ ޝަކުވާ ހުށަހަޅާފައިވާ ތަރުތީބުން މައްސަލައަށް ހައްލެއް ގެނައުމަށް އެކޯޕޮރޭޝަނުގެ ރަސްމީ ނަމްބަރުން އެފަރާތްތަކަށް ގުޅާނެކަމަށް އެޗްޑީސީން ބުނެފައިވެ އެވެ. މި މަސައްކަތް ކުރާނީ ކޮންމެ ހުކުރު ދުވަހެއް ފިޔަވައި އެހެނިހެން ދުވަސްތަކުގައި ހެނދުނު 8 އިން އިރުއޮއްސި 6 ޖެހުމާއި ހަމައަށްކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
ޕީއެންއެފްއަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން ދީފި
"ދުރަންދަރް"އިން ރަންވީރަށް %100 ބޮޑު އާމްދަނީއެއް!
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
