ކިތަންމެ ވަރަކަށް އުޅުނަސް ބައެއް މީހުންނަށް ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ކާނާ އާ ދުރަކަށް ނުދެވެ އެވެ.
އެހެން ނަމަވެސް މިހެން މިކަން ދިމާވާ ސަބަބެއް އޮވެ އެވެ. ހަމަ ނިދި ނުލިބުމަކީ އެކަމުގެ މައިގަނޑު އެއް ސަބަބެވެ.
ދާދި ފަހުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ރެޕިޑް އައި މޫވްމެންޓް (އާރްއީއެމް) ނިދި ހަމަނުވުމަކީ މީހާއަށް ސިއްހަަތަށް ގެއްލުންހުރި، އަދި ހާއްސަކޮށް ހަކުރާއި ފެޓް ހިމެނޭ ކާތަކެތި ކާހިތް ކުރުވާ ކަމެކެވެ.
އާރްއީއެމް ސްލީޕްއޭ ކިޔަނީ މީހާ ނިދިގެން ގޮސް ހުވަފެން ފެންނަ ހިސާބަށް ގޮސް މީހާގެ މުޅި ހަށިގަނޑު ޕެރެލައިޒް ހާލަތަށް ދިއުމުންނެވެ.
މި ދިރާސާއިން އެނގިފައިވާ ގޮތުން އަމިއްލަ ނަފްސާމެދު ވިސްނާއިރު އެކަމާއި ގުޅޭ ސިކުނޑީގެ ސަރަހައްދު ކަމަށްވާ މެޑިކަލް ޕްރީފްރޮންޓަލް ކޯޓެކްސް އިން ނިދި ހަމަ ނުވުމުން އަހަރެމެން ހަޑިގަނޑަށް ގެއްލުން ހުރި އެއްޗެހި ކާހިތް ކުރުވުމުގައި ބޮޑު ދައުރެއް އަދާކުރެ އެވެ.
އެހެން ކަމުން ޑައިޓް ކުރާ ނަމަވެސް ނުވަތަ ސިއްހަތަށް ބަލައިގެން އުޅޭ އިރު ހަމަ ނިދި ލިބުމަކީ މުހިއްމު ކަމެކެވެ.