އެމްޑީޕީއަކީ ދިމާވާ ކޮންމެ ގޮންޖެހުމެއް ގިރާކޮށް ކުރިއަށްދާނެ ޕާޓީއެއް ކަމަށް އެޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.
ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޕާޓީގެ އެންމެހާ މެމްބަރުންނަށް އަރިސް ކުރައްވާ ކަމަށެވެ.
މަލްޓީ ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފުވެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އުފަންވެފައި ވަނީ 2005 ވަނަ އަހަރުގެ ޖޫންމަހުގެ 26 ވަނަދުވަހު އެވެ.
އެމްޑީޕީގެ އަހަރީ ދުވަހުގެ ތަހުނިޔާ އެޕާޓީގެ އިސްބޭފުޅުން ދަނީ ޕާޓީގެ އާންމު މެމްބަރުންނަށާއި، އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތަކަށް ފޮނުވަމުންނެވެ.
އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަހަރީ ދުވަހު ޕާޓީގެ އެންމެ މެންބަރުންނާއި ތާއީދު ކުރާ ފަރާތްތަކަށް މަރުހަބާ ވިދާޅުވާކަމަށާއި ދިވެހިރާއްޖެ ބަދަލު ކުރި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.
އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅިގެން ދިދަނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދު ހަވީރު 4:00 ގައި މާލޭގައި މިހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމްޑީޕީގެ ހަރުގޭގަ އެވެ. އަތޮޅު ތެރޭގައި އެމްޑީޕީގެ ޖަގަހަ ތަކުގައި ދިދަ ނެގުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ކޮންތަނެއްގަ ކުރިއަށް ދެވުނީތޯ