ރާއްޖޭގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ހަތަރު ވަނަ ޑޯޒް (2 ވަނަ ބޫސްޓަރ) ޖަހަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ނިންމައިފި އެވެ.
އެޗްޕީއޭއިން ކޮވިޑުގެ ހަތަރުވަނަ ޑޯޒް ޖަހަން ނިންމާފައިވަނީ ވެކްސިންގެ ތިންވަނަ ޑޯޒް ފުރިހަމަ ކުރި ފަރާތްތަކުގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނަށާއި، ބަލި ޖެހުމުން ނުރައްޖާ ބޮޑުވެދާނެ އަދި ދިފާއީ ނިޒާމު ބަލިކަށި ފަރާތްތަކަށެވެ.
އެޗްޕީއޭއިން ބުނީ މި ވެކްސިން ޖަހާނީ ކޮވިޑް-19 ގެ 3 ވަނަ ޑޯޒް ޖެހިފަހުން 4 މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށެވެ.
އެގޮތުން ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، ހަށިގަނޑުގެ ދިފާއީ ނިޒާމު ދެރަކުރާ ބާވަތުގެ ބޭހެއް ބޭނުން ކުރާ ފަރާތްތައް މި ވެކްސިން ޖެހުމަށް އެޗްޕީއޭއިން އަންގާފައިވެ އެވެ. އަދި ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ ފަރާތްތަކާއި، ކެންސަރަށް ފަރުވާކޮށް އަހަރެއް ހަމަނުވާ މީހުންވެސް މި ވެކްސިން ޖެހުމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.
ރާއްޖޭގައި ކޮވިޑުގެ ކޭސްތައް އަނެއްކާވެސް ވަނީ އިތުރުވާން ފަށާފަ އެވެ. މިކަމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ބަލި ފެތުރުނަ ނުދީ ކޮންޓްރޯލްކުރުމަށް އާންމުންގެ ހޭލުންތެރިކަމަށް އެދިފަ އެވެ.
އެގޮތުން އެޗްޕީއޭއިން ވަނީ އާންމުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކު އެޅުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
"ގަދަރް"އަށް 25 އަހަރު: އަދިވެސް އެންމެ ކާމިޔާބު އެއް ފިލްމު!
ސަރުކާރުން ދޭންޖެހޭ ފައިސާއެއް ނުދޭ: ރަސްމާލެ ހިއްކާ ކުންފުނިތައް
ވޯލްޑް ކަޕްގައި ޝަކީރާގެ ކާމިޔާބު 20 އަހަރު!
