ދައުލަތުގެ ތިން ވަޒީރެއްގެ ކާރުކޮޅުގައި 'އިންޑިއާ އައުޓް' އިންޑިއާ އައުޓް ޖެހި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި އެވެ.
އެނގިފައިވާގޮތުގައި އެ މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައި ވަނީ މިރޭ ވަނީ މީހަކު ހައްުޔަރުކޮށްފަ އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިރޭ 7:30 ހާއިރުއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކާރުކޮޅުގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ކާރުކޮޅުގައި 'އިންޑިއާ އައުޓް' ސްޕްރޭކޮށްފައި ވަނީ ވެލާނާގޭ ޕާކިން ޒޯނުގައި އޮއްވައެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލިސް ކައިރީގައި އޮންނަ ޕާކިން ޒޯނުގައި އޮތް އަމިއްލަ މީހެއްގެ ކާރުގައި ވެސް މިއަދު ވަނީ 'އިންޑިއާ އައުޓް' ޖަހާފައެވެ.
ފުލުހުން ބުނީ އެ މައްސަލަތައް ތަހުގީގު ކުރަނީ މުދަލައް ގެއްލުން ދިން މައްސަލަތަކެއްގެ ގޮތުގައި ކަމަށެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ގޮވާލައި ހިންގާ ހަރަކާތެކެވެ. އެ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވި ފަހުން ޕީޕީއެމް، ޕީއެންސީން ވަނީ އެ ހަރަކާތް ފުޅާކޮށްފަ އެވެ.