ލ. ކަލައިދޫން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ އެވެ.
އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ކަލައިދޫން ހޯދަން ފަށާފައިވަނީ އިއްޔެގެ ހަވީރު އެވެ. އަދި އެ މީހާ ފެނުނީ ރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން ދުވަސްވީ މީހެއް ކަމަށްވާ އެ ރަށު މޫނިމާގެ މޫސާ އުމަރު އެވެ.
އެ މީހާ ނުފެނި، ގިނަ އިރުވުމާ ގުޅިގެން އެރަށުގައި ތިބޭ ފުލުހުންނާއި ކައުންސިލުގެ އިތުރުން ރަށު ރައްޔިތުން ވެސް ވަނީ މޫސާ ހޯދަން ނިކުމެފަ އެވެ.
އެނގިފައިވާ ގޮތުގައި އެމީހާ ފެނުނު އިރު، އޭނާގެ ހާލު ރަނގަޅެވެ. އޭނާ ގެއްލުނު ވަގުތު ހުރީ ކޮންތާކު ކަމެއް ބުނެފައެއް އެވެ.
ގަސް ހެއްދުން: އުމުރު ދިގުވުމުގެ އިތުރުން ވެސް ގިނަ ފައިދާތަކެއް!
ސީއެމްޑީއޭގެ ނަމުގައި ސްކޭމެއް
ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމައެއް ނުކުރި!
