ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ ކ. މާފުއްޓަށް އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފި އެވެ.
މާފުށި މޮނިޓަރިންގެ ހާލަތަށްލިކަން އެޗްޕީއޭ އިން މިހާރު ވަނީ ލިޔުމުން މާފުށީ ކައުންސިލަށް އަންގާފަ އެވެ.
ދާދިފަހުން ވަނީ ބިޒްނަސް ވިސާގައި ރާއްޖެއައިސް މާފުށީގައި އުޅުނު ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
އެރަށުގައި 27 ދުވަސް ހެދަކުރުމަށްފަހު ރާއްޖެއިން ފުރަންވެގެން އެ ފަތުރުވެރިޔާ ހެދި ކޮވިޑް ޓެސްޓް ވަނީ ޕޮޒިޓިވްވެފަ އެވެ.
އެ ފަތުރުވެރިޔާ ވަނީ އެރަށު ތެރޭގައި ވެސް އުޅެފައެވެ. ނަމަވެސް އެއީ އެޗްޕީއޭ އިން ފަތުރުވެރިންނަށް ހުއްދަކޮށްފައިވާ ކަމެކެވެ.
މާފުށީ ގެސްޓު ހައުސްއެއްގައި ހުރި ފަތުރުވެރިޔަކާ ދިވެހި ފިރިހެނަކު ގައިގޯޅިވެ އުޅޭ ވިޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ސުވާލާއި ޖަވާބު: ފިތުރު ޒަކާތް ނެރެންޖެހޭ އެންމެ ފަހު ވަގުތަކީ؟
އަލިފާނުގެ ސަބަބުން 10 ގޭގެ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
