ކުރީގެ ބަންޑާރަނައިބު އާޒީމާ ޝަކޫރު، ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވަނީ އާޒިމާ އެ މަގާމަށް ނުކުމެވަޑައިގަންނަވަން ފައްޓަވާފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.
އާޒިމާ ވަނީ 2023 ވަނަ އަހަރު ޕީއެންސީގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވައި ނާކާމިޔާބުވެވަޑައިގެންފަ އެވެ. އެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ކޯޓު މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރައްވާފައިވެ އެވެ.
އާޒިމާ ސަރުކާރުގެ އިސް މަގާމަކަށް އައްޔަންކުރެއްވިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވައިގެން 2019 ވަނަ އަހަރު އޭނާގެ މައްޗަށް އުފުލި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަނބުރާ ނަގާފަ އެވެ.
މަޖިލީހުގައި މިހާރު އޮތީ ހިޓްލަރުގެ އުސޫލު: މީކާއިލް
ބޭރުގެ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގަން ފާސްކޮށްފި
އެމެރިކާއާ ބައިވެރިވާ ކޮންމެ ގައުމަކީ ދުޝްމަނުން: އީރާން