ރާއްޖެއިން ކޮވިޑް ޖެހިގެން 46 ވަނަ މީހަކު މަރުވެއްޖެ އެވެ.
އެޗްއީއޯސީން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު 2:09 ހާއިރު މަރުވެފައިވާ ކަމަށެވެ.
މިއީ މިބަލީގައި މިމަހު މަރުވި 8 ވަނަ މީހާ އެވެ.
ކޮވިޑްގައި ކައިރި ކައިރީގައި މީހުން މަރުވުމަކީ އެ ބަލި ފެތުރިފައިވާ މިންވަރު ދެނެގަނެވޭނެ ކަމެއް ނޫން ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފަ އެވެ.
މިހާރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 12،578 އެވެ. އޭގެތެރެއިން 11،559 މީހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ.
ލޯބީގެ ގޮތުން މީހަކާ ނުގުޅޭތާ 10 އަހަރު ވެއްޖެ: އެންޖެލީނާ
މެޑޯނާގެ ބައޮޕިކް ފިލްމުގެ މަސައްކަތް ހުއްޓުނީ ކީއްވެ؟
ސަރަހައްދުގެ ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކަށް ރާއްޖެ
