90ގެ އަހަރުތަކުގައި ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅެދިން ނީތޫ ކަޕޫރުގެ ފިރިމީހާކަމަށްވާ ރިޝީ ކަޕޫރު މަރުވުމުން ނަފްސާނީ ބައްޔަށް ފަރުވާކުރާ ޑޮކްޓަރުންގެ ކައިރިން ފަރުވާ ހޯދި ކަމަށް ނީތޫ ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނީތޫ ވަނީ ފިރިމީހާ މަރުވުމާއި ގުޅިގެން އޭނާއަށް ފުން އަސަރު ކޮށްފައިވާކަމަށް ބުނެފަ އެވެ.
އެ އިންޓަވިއުގައި ވާހަކަ ދައްކަމުން ނީތޫ ބުނީ، އެ ހިތާމައިން އަރައިގަތުމުގެ އުންމީދުގައި ގިނަ ދުވަސްތަކެއް ވަންދެން ނަފްސާނީ ބައްޔަށް ފަރުވާކުރާ ޑޮކްޓަރެއްްގެ ފަރާތުން ފަރުވާ ހޯދާފައިވާކަމަށެވެ.
އެހެން ނަމަވެސް އެކަން ހުއްޓާލާފައިވަނީ، އޭނާ މީގެ ކުރިންވެސް އެނގޭ ކަންތައްތައް ކުރުމަށް ޑޮކްޓަރު އެދުމުން ކަމުގައި އޭނާ ބުނެފައިވެ އެވެ.
ލުކީމިއާއަށް ފަރުވާކުރަމުން ދަނިކޮށް ރިޝީ މަރުވީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހު 30 ވަނަ ދުވަހުގަ އެވެ. ރިޝީގެ މަރާއެކު އާންމުން ވެސް އެކަމާ ހިތާމަ ފާޅުކޮށްފައިވެ އެވެ.
ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި
10 ދުވަސް ތެރޭ ޑޮލަރުގެ އަގު 19ރ. އަށް ތިރިކުރަން ގޮވާލައްވައިފި
ސެކިއުރިޓީސް ދަރަނި 100 ބިލިއަނުން މައްޗަށް އަރައިފި
