އެކުވެރިކަމާއި ރަހްމަތްތަރި ކަމަކީ އެކި ގޮތްގޮތުން ފައިދާހުރި ކަމެކެވެ. އެގޮތުން ދުޅަހެޔޮ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތެއްގައި ހުރުމަށްޓަކައި އެކުވެރިންގެ ދައުރު ވަރަށް ބޮޑު ކަމަށް ދިރާސާ އަކުން ވަނީ ދައްކައިފަ އެވެ.
އެކުވެރިންނާއެކު ގިނަ ވަގުތު ހޭދަ ކުރުމަކީ ގޭތެރޭގެ މަސައްކަތްތަކުންނާއި އޮފީހުގެ މަސައްކަތްތަކުން ބްރޭކެއް ލިބޭ ކަމަކަށްއެކު ވާއިރު މިއީ ސިއްހީ ގޮތުން ބަލާއިރު ވެސް ކުރުން އެންމެ ރަނގަޅު ކަމެކެވެ.
އެގޮތުން ރަހްމަތްތެރިންނާއެކު ގިނަ ވަގުތު ހޭދަ ކުރުމަކީ ހަށިގަނޑުގައި ލޭ ދައުރުވުން ރަނގަޅުވެ ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީވެދޭ ކަމެކެވެ.
އެއާއެކު ކޮލެސްޓްރޯލްއާއި ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލް ކޮށް ބެހެއްޓުމަށް އެކުވެރިންނާއެކު ވަގުތު ހޭދަ ކުރުން މުހިއްމެވެ. މިއީ ދިގު މުއްދަތުގައި ހިތުގެ ބައްޔާއި ހަކުރު ބައްޔަށް މަގުފަހިވެދާނެ ކަންކަމެވެ.
އަންހެނުންގެ ސިއްހަތަށް ބަލާއިރު އެންމެ އާއްމު އެއް ކަމަކީ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް އެވެ. އެކުވެރިންނާއެކު ވަގުތު ކުރުމަކީ މިކަމަށް އޮތް ފަރުވާއެއް ކަމަށް ދިރާސާތަކުން ދައްކައިފައިވެ އެވެ.
މިކަންކަމަށް ބަލާއިރު ގިނައިން އެކުވެރިންނާއެކު ވަގުތު ހޭދަ ކުރުމުގެ މުހިންމުކަން އެނގިގެންދެ އެވެ. އެއީ ނަފްސާނީ ދުޅަހެޔޮ ކަމުގެ އިތުރުން ޖިސްމާނީ ސިއްހަތަށް ވެސް ފައިދާ ކުރާ ކަމެކެވެ.

އަކްޝޭއާއެކު މަސައްކަތް ކުރަން ފަރާ ބޭނުންނުވި ސަބަބު!
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
ހަމަލާއަކާ ގުޅިގެން ޑުބާއީ އެއާޕޯޓުން ފްލައިޓުތައް ކެންސަލުކޮށްފި