ކޮލަމްބޯ (03 މެއި) - ސްރީލަންކާގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ސަމަގި ޖަނަ ބަލަވެގަޔަ (އެސްޖޭބީ)އިން އެގައުމުގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަގެ މައްޗަށް އުފުލާ އިތުބާރު ނެތްކަމުގެ މައްސަލަ ގާނޫނު ހަދާ މަޖިލީހަށް ވައްދައިފި އެވެ.
އެސްޖޭބީގެ މެމްބަރު ލަކްޝްމަން ކިރިއެއްލާ ވިދާޅުވީ ރައީސްގެ އިތުރުން މިހާރުގެ ސަރުކާރާ ދެކޮޅަށް ވެސް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށައަޅާފައިވާނެ ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މަޖިލީހަށް ހުށައެޅި މި މައްސަލައަކީ ގާނޫނީ ގޮތުން ބުރަދަނެއް ހުރި މައްސަލައެއް ނޫނެވެ. އެހެންކަމުން މި މައްސަލައިން ނާކާމިޔާބު ވިޔަސް ރާޖަޕަކްސަ އޭނާގެ މަގާމުން އިސްތިއުފާ ދޭކަށް ނުޖެހޭނެ އެވެ.
އެސްޖޭބީއިން އިތުރަށް ބުނީ ގާނޫނީ ގޮތުން ބުރަދަނެއް ނެތް ނަމަވެސް މި މައްސަލަ ވެއްދީ ރައީސާއި ސަރުކާރުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަން ދައްކައިދިނުމަށް ކަމަށެވެ.
މިދިޔަ އޭޕްރީލް މަހު ރާޖަޕަކްސަގެ އިތުބާރު ނެތް ކަމުގެ ގަރާރެއގައި އެސްޖޭބީގެ ލީޑަރު ސަޖިތު ޕްރެމަދަސަ ސޮއި ކުރައްވާފައިވާއިރު މި ގަރާރަށް ތާއީދު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
މަޖިލީހަށް މި ވެއްދި މައްސަލައަކީ ސަރުކާރާއި ރައީސް ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވައި އާއްމު ރައްޔިތުން އުފުލަމުންދާ އަޑުތަކަށް ގާނޫނީ ހައިސިއްޔަތެއް ދޭން ވެއްދި މައްސަލައެއް ކަމަށް ވެސް އެޕާޓީއިން ބުނެ އެވެ. -- ނިއުސްވަޔާ
އަހިތުމޫ ބުލްބުލްމޫ.