ހިޔާ ޓަވަރުތަކުގެ ތެރެއިން ބައެއް ޓަވަރުތަކުން ކުނި ނެގުމަށް ހަމަޖެހިފައި ވަނީ ފްލެޓްތަކުގެ ތިރީގައި ގާއިމްކުރެވިފައިވާ ވޭސްޓް ޔުނިޓުތަކުން ކަމަށް ވެމްކޯއިން ބުނެފި އެވެ.
ވެމްކޯއިން ބުނީ ހިޔާ ޓަވަރު 13، 14 ،15 އަދި 16 ގެ ތިރީގައި ދުވަހު ކުނިނެގުމަށް ހާއްސަ ޔުނިޓްތަކެއް ގާއިމްކޮށްފައިވާ ކަމަށެވެ.
އެ ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކުން މިއަދުން ފެށިގެން ކުނި އަޅަން ވާނީ އެ ޓަވަރުތަކުގައި ހަދާފައިވާ ވެމްކޯގެ ޔުނިޓަށް ކަމަށް އެކުންފުނިން ބުނެ އެވެ.
ކުނި ގެންދާއިރު ޕްލާސްޓިކް ވަކި ކޮތަޅެއްގައި، ބަދިގޭ ކުނި ވަކި ކޮތަޅެއްގައި އަދި އެހެނިހެން ކުނި ވަކި ކޮތަޅެއްގައި ބަންދު ކުރަންވާނެ ކަމަށް ބުނެ އެވެ. ކުނި އުކޭނީ ރޭގަނޑު 9:00ން ދަންވަރު 12:00 އަށް ކަމަށް ވެމްކޯއިން ބުނެ އެވެ.
އެ ކުންފުނިން ބުނީ އެ ޓަވަރުތަކުގައި އުޅޭ ފަރާތްތަކުން ބޭރަށް ކުނި ނޭޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ވެމްކޯއިން ދަނީ ހިޔާ ފްލެޓުތަކުގެ ހުރިހާ ޓަވަރެއްގައިި ޔުނިޓުތައް ހަދައި ކޮމްޕައުންޑުގައި ޑަސްޓްބިން ބަހައްޓަމުންނެވެ.
މިހާތަނަށް ހިލޭ ކުނި އުކައި ދެމުން އައި ނަމަވެސް މެއި އެއް ވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓުތަކުން ކުނި އުކަން ކުލި ނަގާނެ ކަމަށް ވެމްކޯއިން ވަނީ އަންގާފަ އެވެ.
ދިރާގު ފޯރި ލަކީޑްރޯގައި 65 އިންޗީގެ ސްމާޓް ޓީވީއެއް
މަކުނުދޫގެ އާރްޓީއެލް ދަތުރުތައް ކެންސަލްވާތާ ހަފްތާއެއް
ޖޯޑަންގެ ކޯޗު ބުނީ ޓީމާމެދު ފަހުރުވެރިވާ ކަމަށް
