އެމްޑީޕީއަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރާއެކީ ނުފެތުން ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ނަޝީދު ވިދާޅުވީ މި ސަރުކާރަކީ އެމްޑީޕީގެ އެކަނި ސަރުކާރެއް ނޫން ކަމަށްވާތީ ރައްޔިތުން އެދޭގޮތަށް ކަންކަން ނުވާ ކަމަށެވެ.
ފަހަކަށް އައިސް ރައީސް ނަޝީދު އަންނަނީ ފާޅުކަންބޮޑުކޮށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.
މީގެކުރިން އެމަނިކުފާނު ވަނީ ދެކުނުގެ މަސްވެރިން ކުރި އިހްތިޖަޖާޖަށް ހިތްވަރު ލިބޭގޮތަށް ވެސް ވާހަކަ ދައްކަވާފަ އެވެ. ހަމަ އެ ގްރޫޕްގައި މީގެކުރިން ލިޔުއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ މަސްވެރިންނަށް އެމްޑީޕީން ވީ ވައުދުތައް ނުފުއްދޭ ކަމަށެވެ. އަދި މި ސަރުކާރަށް ތާއީދެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި 50 ޕަސެންޓަށްވުރެ މަތިން ވޯޓު ހޯދަން އެމްޑީޕީއަށް އުނދަގޫވާނެ ކަމަށާއި ސަބަބަކީ ގިނަ ގޯސްތަކެއް ހެދިފައިވުން ކަމަށް ވެސް އެމަނިކުފާނު މީގެކުރިން ވިދާޅުވެފައިވެ އެވެ.
އަންނަ މަހު ބާއްވާ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިން ފޯރިގަދަވެ ޕާޓީގެ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ތާއީދު ކުރަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ޗެއާޕާސަން ކަމަށް ގެނައުމަށެވެ.
ރައީސް ނަޝީދުގެ ފެކްޝަނުން އަންނަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ޗެއާޕާސަން ކަމަށް ގެނައުމަށް ހުއްޓުމެއް ނެތި ކެމްޕެއިން ކުރަމުންނެވެ.
ޥެރިކަމާ ހެދި ހޭބަލިވަނީ މިހިރި މީހާ
އޮޑިއަށް އަރާތިބި އެންމެނާއިއެކު އޮޑި ފައްތާލި މީހާ ދައްކާން މާ ރަނގަޅު ވާހަކައެއްނޫން މީކީ.
2008 ގައި އުފެދުނު ސަރުކާރު ފެތުނުހާ އަވަހަށް ނުފެތިއްޖެއްޔާ ރަގަޅު. ދުނިޔޭގައި ހުރި އެންމެ މޮޅު މާލިމީ ކަމަށް ހީވާ މީހާ ހުންގާނުގާ ހުރީ، މި ޖީލުގައި ފެނުނީ ފެތުނު އެންމެ ސަރުކާރެއް ކަމަށް ދައްކަނީ، ސަރުކާރެއް ޤާނޫނީ މުއްދަތު ހަމަ ވުމަކީ ފެތުން ކަމަށް ހީވާ ވަރުގެ ލީޑަރުންވެސް އެބަތިބިތާ. ރަން 30 އަހަރު މާދިގު ވެފައި ރައްޓެހީންނާއި ޢާއިލީ ސަރުކާރަކަށް ވުމުން އެެންމެ ބޮޑަށް ބޮލަށް ބާރު ކުރި މީހާ އަށް ސަރުކާރު ފެންނަނީ އޭނަގެ މުށުތެރެއިން. ނޫނީ އޭނާގެ ގޭ ތެރެއިން. ޖޯކް ލިޔާ މީހުން މިޚަބަރު ލިޔާނީ ؟