ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކަން ގޮވާލާ ފަރާތްތަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންޒާރެއް ދީފި އެވެ.
މި މަހު ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކުން ކުލި ނެގުމަށް އެޗްޑީސީން އަންގާފައިވާއިރު، ގިނަ ބަޔަކު ވަނީ ރޯދަ މަހު ކުލި ނަގަން ފެށުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ހިޔާ ފްލެޓްތަކުން ރޯދަ މަހު ކުލި ނަގަން ނުފަށައި ކުލި ފަސްކޮށްދިނުމަށް އެދި ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.
އެކަމާ ގުޅިގެން އެ ކޯޕޮރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ފްލެޓް ހަވާލު ކުރި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުމާ ހިލާފުވުމަށް ގޮވާލާ ހިތްވަރުދޭ ދިނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ހަމައެހެންމެ އެކަން ބަލައިދިނުމަށް އެދި ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެކަން ފާހަގަކޮށް އެޗްޑީސީން ވަނީ ލިބުނު ގެއްލުމުގެ ބަދަލު ހޯދާނެ ކަމަށް ވެސް ބުނެފަ އެވެ.
ސަރުކާރުން ފްލެޓްތައް ދޫކުރިއިރު ފިނިޝިން ނުނިންމަ ހުރުމުގެ ސަބަބުން ގިނަ ބަޔަކު ދަރަނި ނަގައި، އެ ދައްކަމުން ގެންދާކަން ގިނަ ބަޔަކު ފާހަގަކުރައްވާފައިވެ އެވެ.
ހަމައެހެންމެ އެފަދަ ފަރާތްތަކަށް މާލީ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދީފައެއް ނެތްކަން ފާހަގަކޮށް އިދިކޮޅު ކޯލިޝަނުން ވަނީ މިފަދަ ދަތި ދަނޑިވަޅެއްގައި ފްލެޓްތައް ލިބުނު ފަރާތްތަކުން ކުލި ނުނެގުމަށް އެދި ގޮވާލާފަ އެވެ.
ހިޔާ ފްލެޓްސް ތަކުގެ ކުލި ކުޑަކުރާށޭ މަހަކު 1 ހާސް ރުފިޔާ އަށް ކޮމަންޑޫ ދާއިރާ އަށް އެތައް ހާސް މިލިއަން ރުފިޔާ ޑަމްޕް ކުރީ އެއީ ކޮން ފައިދާ އެއް އެތަނުން ވާތީތޭ އެގޮނޑި އެމްޑީޕީ އަށް ލިބުމުން އެއްވެސް ލޯނެއް ދެއްކޭނެ ފައިސާ އެއް ކޮމަންޑޫ ދާއިރާ އިން ލިބުނީތޭ ނޫން ނުލިބޭ ދޯ މާލެ ސަރަހައްދުގެ ތަރައްގީ އަށް އެއްވެސް ކަމެއް ނުކޮށް މިސަރުކާރުން ރާއްޖެތެރެއަށް ފައިސާ ޑަމްޕް ކުރަނީ އެއީ ސީދާ މުޅި ދައުލަތް ދަރުވާލަން ކުރާ ކަމެކޭ ހިޔާ ފްލެޓްސް ތަކުގެ ކުލި ކުޑަކުރޭ ކުލި ކުޑަކުރޭ ކުލި ކުޑަކުރޭ
ދަޢުލަތުގެ މާލިއްޔަތުން ބޮޑެތިޚަރަދުކޮށް ހަދާފައި ދިނުމުންވެސް މިކަމަށް ފަރުވާލެއްނެތި ގެއްލުންވާގޮތަށް ކަންތައްތައް ކުރާފަރާތަށް ފިޔަވަޅުއަޅަންޖެހޭ ދައުލަތަށް ލިބޭ ގެއްލުމަކީ ހަމައެކަނި ފުލެޓް ލިބުން މީހުންނަށް ލިބޭ ގެއްލުމެއް ނޫން މުޅި ގައުމަށް ލިބޭ ގެއްލުމެއް ހިތާމަޔަކީ ފުލުހުންނާ ސިފައިންގެ ތެރޭގައިވެސް ކުލި ނުދައްކާ މީހުން ގިނަކަން. މިވެސް ބޮޑު ހުވަޔެއް ކޮށްގެން ތިބި ބަޔެއް ދަޢުލަތުގެ ބޮޑު މުސާރައިން އުޅޭ ބަޔެއް. ފުލެޓް ނުލިބުން މީހުން ގައުމުގެ ދިފާއުގައި ކުލި ހޯދަން ނުކުތީމަ މަންޒަރު މާ ރީ