ރިސޯޓެއްގެ ޕެޓްރޯލް ޓޭންކެއް ކައިރީ މަސައްކަތްކުރި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ދ. އަތޮޅުގެ ރިސޯޓެއްގެ ޕެޓްރޯލް ޓޭންކު ކައިރީގައި މަސައްކަތްކުރަން އުޅުނު މީހަކު މަރުވެގެން ބިންމައްޗަށް ވެއްޓިފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު 6:54 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މަރުވެފައި ވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ މަރުވީ ކީއްވެ ކަމެއް އަދި ސާފެއްނުވެ އެވެ. ފުލުހުން އަންނަނީ އެކަން ހިނގިގޮތް ބަލަމުންނެވެ.
ޝާހިލްގެ ޖަލު ހުކުމް، ހައިކޯޓުގައި އިސްތިއުނާފު ކޮށްފި
"ސްޓްރެސް އީޓިން"އަކީ ކޮބާ؟ ކޮންޓްރޯލް ކުރާނީ ކިހިނެއް؟
ޑައިވިންއަށް ދިޔަ މީހުން ގެއްލުނީ ފުން ހޮހޮޅައެއްގެ ތެރެއަށް
