ދަރިން ބެލުމަކީ ދެމަފިރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ނަމަވެސް މިއަދު ބައެއް މީހުންނަށް ވިސްނިފައިވަނީ އެއީ ހަމައެކަނި މައިންގެ ޒިންމާއެއްގެ ގޮތުގައެވެ. ނަމަވެސް އެއާ ހިލާފަށް ބަފައިން ދަރިންނާއެކު ވަގުތު ހޭދަ ކުރުމަކީ ދަރިންނަށް ގިނަ ފައިދާ ތަކެއް ލިބޭ ކަމެކެވެ.
ވިސްނުން ރަނގަޅުވުން
ދަރިންގެ ވިސްނުން ފުރިހަމަވުމުގައި ބައްޕައިންގެ ދައުރު ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ބައްޕައާއެކު ގިނަވަގުތު އުޅޭ އެއް އަހަރަށްދާ އުމުރުގެ ކުދިން، ބައްޕައާއެކު ވަގުތު ހޭދަނުކުރާ އެ އުމުރުގެ ކުދިންނަށްވުރެ ވިސްނުން މާބޮޑަށް ރަނގަޅެވެ.
ނަތީޖާ ރަނގަޅުވުން
ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރާކުދިން ސްކޫލަށް ދާހިތްވުން ބޮޑުވުމާއި އިތުރު ޙަރަކާތްތަކުގައި ބައިވެރިވާހިތްވުމާއި ސްކޫލަށް ގަވައިދުން ހާޒިރުވާކަން ފާހަގަކުރެވޭ ކަމަށް ބުނެވެ އެވެ. މިކަމުގެ ސަބަބުން އެކުދިންގެ ނަތީޖާ ރަނގަޅުވެ އެވެ.
އިޖުތިމާއީ ގުޅުންތައް ރަނގަޅުވުން
ބައްޕައާ އެކު ގިނަވަގުތު ހޭދަކުރުމަކީ އެކަހެރި ވުމުގެ އިހުސާސްތަކުން ކުދިން ދުރުކޮށްދޭ ކަމަކަށްވާއިރު، އެކަމުގެ ސަބަބުން ރައްޓެހިންނާ އޮންނަ ގުޅުން ބަދަހި ކޮށްދެ އެވެ. އެއާއެކު އެހެން ކުދިންނާ ޖެހޭ މައްސަލަތައް މަދުވެ އަމިއްލައަށް ކަންކަންކުރުމުގެ ހިތްވަރު ލިބި، އަނެކާގެ އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި ފަސޭހަކަމާއެކު އެހީތެރިކަން ހޯދަން މިފަދަ ކުދިންނަށް ފަސޭހަވެ އެވެ.
ނާސްތާ ދޫކޮށްލުމަކީ "އިންޓަމިޓެންޓް ފާސްޓިން" އެއް ނޫން!
ކަޅު ބާޒާރުގެ ޑޮލަރު ރޭޓު ފެންނަ ވެބްސައިޓު ރާއްޖޭގައި ބްލޮކް
ފިލްމެއް ޕްރޮމޯޓް ކުރަން ހޮލީވުޑް ބިލްބޯޑުގައި މީހަކު ދިރިއުޅެނީ!