މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 29 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 17 ދިވެހީންނާއި 12 ބިދޭސީންން ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތް މީހުން ފިޔަވައި ބާކީ ތިބި މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 812 އެވެ. މިހާތަނަށް ޕޮޒިޓިވް ކޭސްތަކުގެ ޖުމްލަ އަދަދަކީ 12،059 އެވެ. އޭގެތެރެއިން ރަނގަޅުވި ކޭސްތަކުގެ އަދަދަކީ 11،199 އެވެ.
ކޮވިޑަށް ޕޮޒިޓިވް ވެގެން އައިސޮލޭޝަން ފެސިލިޓީތަކުގައި މިވަގުތު ތިބީ 222 މީހުންނެވެ. ހޮސްޕިޓަލުތަކުގައި ފަރުވާދެމުން ދަނީ 49 މީހަކަށެވެ.
ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕް ކޮށްގެން ޕީއެސް5 ޕްރޯއެއް
އާޖެންޓީނާ ޓީމުން މެސީގެ ޖާޒީ ހާއްސަވަނީ ކީއްވެ؟
ސިނގިރޭޓުން ޑިއުޓީ ކުޑަކުރަނީ ވައްކަންކޮށް ނިމުމުން: އިދިކޮޅު
