އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަމަށް ކުރިމަތުލުމަށް ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން، އޭސީސީ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ އެ ކޮމިޝަންގެ ރައީސް ހިމެނިވަޑައިގެން، ފަސް މެމްބަރުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. މިގޮތުން މިއަދުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް އެ ކޮމިޝަންގެ މެމްބަރުކަމަށް ފުރުސަތު ހުޅުވާލާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސް އޮފީހުން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އަދި 17 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރު 12:30 އާއި ހަމައަށެވެ.
އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލި، މަސްއޫލިއްޔަތު އަދާނުކުރެވޭކަމަށް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށްށެވެ. އެ މެމްބަރުން އިސްތިއުފާދެއްވީ، މަގާމުންވަކިކުރުމަށް ރައްޔިތުން މަޖިލީހުން މަސައްކަތް ފެށުމާއި އެކުގަ އެވެ.
އެހެންނަމަވެސް އެތުހުމަތުތައް އޭސީސީގެ މެމްބަރުން ވަނީ ދޮގުކޮށްފަ އެވެ. އޭސީސީން އިސްތިއުފާދެއްވި މެމްބަރުންގެ ތެރޭގައި، އެކޮމިޝަންގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދެވި ޝިއުނާގެ އިތުރުން ނައިބު ރައީސް ފާތިމަތު އަނޫލާ އާއި އަލީ އަޝްރަފް އާއި، އައިޝަތު އަބްދުﷲ އަދި އިބްރާހިމް ޝަކީލް ހިމެނެ އެވެ.

ގަވައިދާ ހިލާފަށް ދުއްވި ބައިސްކަލްތަކެއް ޓޯކޮށްފި
ދިރާގުން ދޭ ފަހު ސްޕީޑް ބޯޓު ހޯދުން މިމަހުގެ ނިޔަލަށް
300 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް، 60 ހާސް ބުކިން ކެންސަލް

ތި މީހުން މާ ކުރިން ވަކި ކުރަންޖެހޭ. މާ ބޮޑަށް ވެސް ލަސް.