ބޮލީވުޑްގެ މަޝްހޫރު ފަންނާނެއްކަމަށްވާ ރަންބީރު ކަޕޫރަކީ ހިތްތިރި އަދި މަޑުމޮޅި މިޒާޖެއްގެ ވެރިއެއްކަމަށް ވާނީ ކަޕޫރް ބުނެފި އެވެ.
އަލަށް ނެރެން ނިންމާފައިވާ ފިލްމު "ޝަމްޝޭރާ" ގައި ދެފަންނާނުންވެސް އެކީގައި ފެނިގެންދާނެ އެވެ.
އެގޮތުން ޝޫޓިންގެ ތެރެއިން ރަންބީރުގެ ހިތްތިރިކަމާއި މަޑުމައިތިރިކަން ވާނީއަށް ފާހަގަކުރެވުނުކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވާނީ ބުނީ، އޭނާ ރަންބީރަށް ވަރަށް އިހުތިރާމުކުރާކަމަށެވެ. އަދި ރަންބީރުގެ ގައިގައި ކިބުރުވެރިކަމާއި، ހިތްމޮޅުކަން އެއްގޮތަކަށްވެސް ފެނިފައި ނުވާކަމަށް ވާނީ ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ރަންބީރުގެ އެކްޓިންއަށްވެސް ވާނީ ވަނީ ތައުރީފުކޮށްފަ އެވެ.
ވާނީ އާއި ރަންބީރު އެކީގައި އެކްޓުކުރަން ފަށާފައިވާ ޝަމްޝޭރާ އަކީ ކަރަން މަލްހޯތްރާ ޑައިރެކްޓުކުރާ ފިލްމެކެވެ. މި ފިލްމު އަންނަ އަހަރު މާޗުމަހުގެ 18 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާއިރު، މި ފިލްމުގައި ސަންޖޭ ދަތްވެސް އެކްޓުކުރާނެކަމަށް ނޫސްތަކުން މައުލޫމާތުދެ އެވެ.
"ދުރަންދަރް"ގައި އަކްޝޭ ދެއްކި ހުނަރަށް ތައުރީފް އޮހެނީ!
އޮރިޖިނަލް ކާސްޓުންނާއެކު "ތުރީ އިޑިއަޓްސް 2" ފަށަނީ!
މޭގަންގެ ކިބައިގައި ގޯސް އެތައަ އާދަތަކެއް!
