މައްސަރު ކަންތައް ލަސްވުން ނުވަތަ އިރެގިއުލާ ޕީރިއަޑްސްއަކީ މިހާރަކަށް އައިސް ގިނަ އަންހެނުންނަށް ކުރިމަތިވެފައިވާ މައްސަލަ އެކެވެ. ހާއްސަކޮށް ޕީސީއޯއެސްގެ ނުރައްކަލާއެކު މިފަދަ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. ޕީރިއަޑްވުން ލަސްވާނަމަ ނުވަތަ ގަވާއިދުން ނުޖެހޭނަމަ މި ދަންނަވާ ފަރުވާތައް ގޭގައި ކޮށް އަޖުމަ ބައްލަވާލައްވާށެވެ.

ޕާސްލީ:

ޕާސްލީއަކީ ޒަމާނުއްސުރެ މައްސަރު ކަންކަމަށް ފަރުވާ ދިނުމަށް ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. ނިއުޓްރޮނިސްޓެއް ކަމަށްވާ ޑޮކްޓަ ލޮވްނީބަޓްރާ ބުނެފައިވާ ގޮތުން ޕާސްލީގައި ހިމެނޭ ދެމާއްދާ ކަމަށްވާ "އެޕިއޮލް" އާއި "މައިރިސްޓިސިން" އަކީ ރަހިމުގެ ކޮންޓްރެކްޝަންތައް ރަނގަޅުކޮށްދޭ ދެމާއްދާ އެވެ.

ބޭނުންކުރާނެ ގޮތް: 6ގ ޑްރައި ޕާސްލީ ފަތް ހޯދުމަށްފަހު ފެނަށް އަޅައިގެން ކެއްކުމަށްފަހު ބޯށެވެ. 6ގ 3 އިރަށް ބަހާލައިގެން ފަހަރަކު 2ގ 150މލ ފެނަށް އަޅައިގެން ބޯށެވެ.

ފަޅޯ

ފަޅޮލަކީ މައްސަރު ދުވަސްތަކުގެ މައްސަލައަށް އެންމެ ރަނގަޅު އެއް މޭވާ އެވެ. އެއްކޮށް ދޮންނުވެ ހުންނަ ފަޅޮލުގައި ހިމެނޭ ކެރޮޓެރީން ކިޔާ މާއްދާއިން އީސްޓްރޮޖެން ހޯމޯން އުފައްދައި ދިނުމުން މައްސަރުކަންތައް ލަސްވެފައި ތިބޭމީހުންގެ މައްސަރުކަންތައް ޖެހުން އަވަސްކޮށްދެ އެވެ.

ބޭނުންކުރާނެ ގޮތް: ރޯފަޅޯ ބޭނުންކުރާނީ ޖޫހެއް ގޮތަށް ތައްޔާރުކުރުމަށްފަހު އެވެ. 200މލ ޖޫސް ދުވަހަކު ދެ ފަހަރު ބޭނުން ކުރަމުން މައްސަރު ކަންތައް ދިމާވުމުން ދެން ބޯތައްޓެއްގެ ދޮންފަޅޯ ކާށެވެ. މިފަރުވާ ހޯދަން ފެށުމުން މައްސަރު ކަންތައް ގަވާއިދުން ޖެހޭނެ އެވެ.

އިނގުރު

އިނގުރަކީ މައްސަރު ދުވަސްތަކަށް އޮތް އެންމެ ރަނަގޅު އެއް ހައްލެވެ. އިނގުރުގައި ހިމެނޭ މާއްދާތަކުން މައްސަރު ކަންތައް ދިމާވުމުން އަންނަ ލޭތައް އެއްވަރެއްގައި ހިފަހައްޓަދެ އެވެ. އެހެން ނަމަވެސް ޕާސްލީއާ އަޅާ ކިޔާއިރު އިނގުރުގައި އެސިޑިޓީ ކަހަލަ ބައެއް ސައިޑް އެފެކްޓް ހުރެ އެވެ. ޕާސްލީ އާއި އިނގުރު އެއްކޮށްގެން ސައި ތައްޔާރުކޮށް ބޭނުން ކުރުމުން ރަހިމުގައި ހޫނުކަން އިތުރުކޮށް ކޮންޓްރެކްޝަން އައުމަށް މަގުފަހިކޮށްދެ އެވެ. މިހެން ދިމާވުމުން އަވަހަށް މައްސަރު ކަންތައް ޖެހެއެވެ.

ބޭނުންކުރާނެ ގޮތް: އިނގުރުކޮޅަކަށް މާމުއި އެޅުމަށްފަހު ޖޫސް ތައްޔާރުކޮށްގެން ކޮންމެ ދުވަހަކު ހެނދުނު ހުސް ގޮހޮރާ ހުރެ ބޯށެވެ. މައްސަރު ކަންތައް ޖެހުން ގާތްވުމުން މިފަރުވާ ދިނުމުން އަވަހަށް މައްސަލަ ހައްލުވާނެ އެވެ.

ސެލެރީ

ސެލެރީ އަކީ ހުރިހާގޮތަކުން ވެސް ބޭނުންކުރަން އެންމެ ރައްކާތެރި އެއްޗެކެވެ. ޑޮކްޓަރުން ބުނާގޮތުގައި ސެލެރީ ޖޫސް ބުއިމުން ވަރަށް އަވަހަށް މައްސަރު ދުވަސްތަކަށް ދިމާވާ މައްސަލަތައް ހައްލުވެ އެވެ.

ބޭނުންކުރާނެ ގޮތް: ތާޒާ ސެލެރީއިން ޖޫސް ތައްޔާރު ކުރާށެވެ. އެއަށްފަހު ކޮންމެ ދުވަހަކު ދެތަށި ބޭނުން ކުރުމުން ރަހިމަށް ލޭ ދައުރުވުން ރަނގަޅުކޮށްދީ އަވަހަށް މައްސަރު ކަންތައް ޖެހުމުގެ ފުރުސަތު ބޮޑުވާނެ އެވެ.