އަލަށް އުފަންވާ ކުދިންނަށް އެސްޓީއޯ އިން ޕިޔުރިޓީގެ ހާއްސަ ގިފްޓް ހެމްޕާ އެއް ދޭން ފަށައިފި އެވެ.
އެސްޓީއޯއިން ކުރިޔައްގެންދާ މި ކެމްޕެއިންގައި ގިފްޓް ހެމްޕާ ދޭނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި އުފަންވާ ކުދިންގެ އާއިލާއަށެވެ.
އެ ކުންފުނިން ބުނިގޮތުގައި މިދިޔަ އަހަރުގައި ފެށި މިކެމްޕެއިން ދުނިޔެއަށް ކުރިމަތިވި ކޮވިޑް ހާލަތާ ގުޅިގެން މެދުކެނޑުމަށް ފަހު އަލުން ފެށިފައިވާއިރު މި ގިފްޓް ހެމްޕާގައި ހިމެނޭ މައިގަނޑު ޕްރޮޑަކްޓްތަކަކީ އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް އެތެރެކުރާ ޕިޔުރިޓީ ބްރޭންޑުން އަލަށް ތައާރަފްކުރި ރީތިވާ ސާމާނު ރޭންޖުގެ ޕްރޮޑަކްޓްތަކެވެ.
ޕިޔުރިޓީ ބްރޭންޑްގެ ޕްރޮޑަކްޓްތަކަކީ ކުޑަކުދިންގެ ނާޒުކު ހަންގަނޑަށް އަރާމް ލިއްބައިދޭ، ދުޅަހެޔޮ މާއްދާތައް އެކުލެވޭ ޕްރޮޑަކްޓްތަކަށްވުމާ އެކު މި ޕްރޮޑަކްޓްތަކަކީ ދިވެހިންގެ މެދުގައި މިހާރު މަގުބޫލުވަމުން އަންނަ އިތުބާރުކުރެވޭ ބްރޭންޑެކެވެ.
އެސްޓީއޯގެ މަގްސަދަކީ އަލަށް އުފަންވާ ކުދިންނަށް ދެވޭ މި ގިފްޓް ހެމްޕާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި އުފަންވާ ކުދިންގެ އާއިލާތަކަށް ލިބޭނެހެން މި ކެމްޕެއިން ފުޅާކުރުމެވެ.
ކޮންމެ ކުއްޖަކުވެސް އުފަން ވާނީ އަަަލައް ނުންތޯ. ދެން ވާނީ މަރު