ދިމިޝްގު (17 ނޮވެމްބަރު) - ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ސީރިއާގެ ދެކުނުގެ ސަރަހައްދަކަށް އިޒްރޭލުން ދެ މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް ސީރިއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކޮށްފި އެވެ.
ފަޅުގެއަކަށް އަމާޒުކޮށް ދިން މި ހަމަލާތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވި ނަމަވެސް އެ ސަރަހައްދަށް އުމްރާނީ ބޮޑު ގެއްލުންތަކެއް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ވެރިކަން ކުރާ ދިމިޝްގުގެ ދެކުނުން އިޒްރޭލުން ހިފާފައިވާ ގޯލަން ހެއިޓްސްއިން ފޮނުވާލި މި ދެ ހަމަލާގެ ތެރެއިން އެއް ހަމަލާ ސީރިއާގެ ޑިފެންސް ސިސްޓަމްއިން ވަނީ ހުއްޓުވާފަ އެވެ.
އީރާނުގެ ހަމަލާތައް ސީރިއާއަށް ދޭތެރެ ދޭތެރެއަކުން އަމާޒުވާއިރު ގިނަ ހަމަލާތައް ދެނީ މެންދަމުގެ ވަގުތުގަ އެވެ. ރޭގެ ހަމަލާ ވެސް ދީފައިވަނީ މެންދަމުން އަލިވި ފަހުންނެވެ.
އިޒްރޭލުން ސީރިއާއަށް ދޭ ހަމަލާތަކުގެ ޒިންމާ އާއްމު ގޮތެއްގައި އިޒްރޭލުން ނުނެގި ނަމަވެސް ރޭގެ ހަމަލާތަކުގެ ޒިންމާ އެގައުމުން ވަނީ ނަގާފަ އެވެ.
ނަމަވެސް އެ ހަމަލާތައް ދިފާއު ކުރަމުން އިޒްރޭލުން ބުނެފައިވަނީ ހަމަލާތައް ފޮނުވާލީ އެ ސަރަހައްދުގައި ތިބި އީރާނުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހިޒުބުﷲ އާ ދެކޮޅަށް ކަމަށެވެ. – އަލް އަރަބިއްޔާ
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!
އެމްޑީޕީގެ ކޮންގްރެސް ސެޕްޓެމްބަރު މަހުގެ 19 ގައި ބާއްވަނީ
އެމްއެސްއެސްގެ ބޯޓަކުން 17 ކޮންޓެއިނަރު ލަންކާ ކަނޑަށް ވެއްޓިއްޖެ