މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައި ހަތް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އިން ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެ ޑިޕާޓްމަންޓްތަކުން ވަނީ މާލޭގެ ދެ ގެއެއް ބަލައިފާސްކޮށްފަ އެވެ. އަދި އެ ގެތައް ބަލާ ފާސްކުރުމުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރަލާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިމަހުގެ ދިހަ ވަނަ ދުވަހު މި އޮޕަރޭޝަން ހިންގާފައިވާއިރު، ފުލުހުން ބުނީ މި އޮޕަރޭޝަނަކީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި، އެތަކެތި ބޭނުންކޮށް ގެންގުޅެ އަދި ވިޔަފާރިކުރާކަމާއި މާލެއަށް ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ބަނގުރާ އެތެރެކޮށް ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނުގައި ފުލުހުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ފިރިހެނަކާއި ތިން އަންހެނުންނެވެ. އޭގެ ތެރޭގައި 22 އަހަރުގެ ފިރިހެނަކާއި، 29 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކާއި 55 އަހަރުގެ ފިރިހެނެއް ހިމެނެ އެވެ. އަދި 24 އަހަރުގެ އަންހެނަކާއި 30 އަހަރުގެ އަންހެނެއްގެ އިތުރުން 53 އަހަރުގެ އަންހެނެއްވެސް ހައްޔަރުކޮށްފައިވެ އެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުން ބަލައި ފާސްކުރި ދެ ގެއިން ދެ ކިލޯއަށް ވުރެ ގިނަ ކެނަބިސް އާއި 200 ގްރާމަށްވުރެ ގިނަ ހެރޮއިން އާއި ބަނގުރާފުޅިއެއް ފެނުމުންނެވެ.
ފުލުހުން ބުނީ މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިތުރަށް ތަހުގީގު ކޮށް ބަލަމުން ގެންދާނެކަމަށެވެ.

އެއް އިމާރާތެއްގައި އުޅުނަސް ރޯދަ ވީއްލަންޖެހޭ ވަގުތު ތަފާތު!
އެސްއެމްއީ ޑިޓިޓަލްއިން 4،000އަށް ވުރެ ގިނަ ވިޔަފާރިއަށް އެހީ
ހުޅުމާލޭ ގެއެއްގައި ރޯވެ، ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން

ތީ ދައްކާ ދަޅައެއް. ނުހުއްޓުވޭނެ. ނުހުއްޓުވާނެ