ގިނަ ދުވަސްކޮށްފައި އާއިލާ ނުވަތަ ރައްޓެއްސަކާއި ދިމާވުމުން ސަލާމުގެ ބަދަލުގައި "ހާދަ ފަލަ އޭ" ނުވަތަ "ހާދަ ހިއްކޭ" ބުނުމަކީ ގިނަ މީހުންގެ ކިބައިގައި އަށަގަނެފައިވާ ވަރަށް ނުރަނގަޅު ސިފަ އެކެވެ.
ތިބާއަށް ހީވަނީ އޭނާއަށް އޭނާ ފަލަކަން ނޭނގޭ ކަމަށް ހެއްޔެވެ؟ ނުވަތަ މޫނުގައި ބިހި ހުރިކަން އޭނާ އަށް ނޭނގި އޮންނާނެ ކަމަށް ހެއްޔެވެ؟ އޭނާ އަކީ ކުރު މީހެއްކަން އޭނާއަށް ނޭނގޭ ކަމަށް ހެއްޔެވެ؟
އެމީހަކަށް ވުރެ ބޮޑަށް އެމީހެއްގެ ހަށިގަނޑު އެނގޭނެ ދެވަނަ މީހެއް ނުހުންނާނެ އެވެ. އެހެން ކަމުން ފެންނަހާ ތަނަކުން ހުންނަ ސިފައާ ބެހި "މޫނުގައި ހާދަ ބިހި ގިނައޭ"، "އަދިވެސް ދިގެއް ނުވޭ ދޯ" ފަދަ ބަސްތައް ބުނަނީ ކޮން ކަމެއް ހާސިލުކުރަން ހެއްޔެވެ؟
މީހެއް ހުންނަ ސިފައާއި ގުޅޭ ގޮތުން ބުނާނެ ރަނގަޅު އެއްޗެއް ނެތް ނަމަ އެއްޗެކޭ ނުބުނެ ހުރުންވެސް މާ ރަނގަޅުވާނެ އެވެ. އަދި މީހުންގެ ސިފައަށް ޖޯކު ޖަހާ "ހީވަނީ ފަލަކަމުން ބޮޑު ފީފާއެއް ހެންނޭ،" "ހިމަކަމުން ހީވަނީ ވަޔާ ގޮސްދާނެ ހެންނޭ،" ފަދަ ބަސްތައް ބުނުމަށް ފަހު އަނެކާ ހިތްހަމަ ނުޖެހޭ ކަން އެނގުމުން އެއީ "މަޖަލަކަށް" ބުނި އެއްޗެއް ކަމަށް ހަދާ ނިންމާލުމަކީ ގިނަ މީހުންގެ އާދައެކެވެ.
މީހުން ތިބޭ ސިފައަށް މަލާމަތްކޮށް ވާހަކަ ދެއްކުމަކީ މަޖަލަކަށް ހަދާފައި ނަމަވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ތިމާގެ ކުރިމަތީގައި ނުރުހުންވާ ކަން ދައްކާނީ މަދު ބައެކެވެ. ގިނަ މީހުންނަކީ އެކަމާ ހިތުގައި ޖެހި މާޔޫސްވިޔަސް އެކަން އެހެން މީހުންނަށް ނާނގާ މީހުންނެވެ. މިފަދަ މީހުން އެކަނި ވުމުން އެކަމާ ވިސްނާ ހިތާމަ ކުރެ އެވެ. ނަތީޖާއެއްގެ ގޮތުން މީހާގެ ސެލްފް ކޮންފިޑެންސް ދަށްވެ، އަމިއްލަ މީހާ ދެކެ ނަފުރަތު ކޮށް، މީހުން ތެރެއަށް ނުކުމެ އުޅެން ވެސް ދަތިވެ އެވެ.
އެހެން މީހުންނަށް ކުރާ މަލާމާތާއި ފުރައްސާރަ އަކީ އެ ކުރާ މީހާއަށް ކިތަންމެ މަޖާކަމަށް ވިޔަސް، މަލާމަތް ރައްދުވާ ފަރާތަށް އެއީ މަޖާކަމެއް ނޫނެވެ.
ދައްކާނެހާ ވާހަކައެއް ދައްކާފައި "އެއީ މަޖަލަކަށް ބުނި އެއްޗެކޭ" ބުނާއިރު އޮންނަނީ ވަގުތު ފާއިތުވެފަ އެވެ. މިއީ ކޮންމެ މީހަކުވެސް ވިސްނާ ފިކުރުކޮށްލަން މުހިއްމު ކަމެކެވެ.
ކޮބާ ޑިޖިޓަލޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..