ހަށިގަނޑުގެ ހަން ރީތިކޮށް ބެހެއްޓުމަށް ގިނަ ބަޔަކު އެކި ކަންކަން ކުރެ އެެވެ. އެފަދަ މީހުންނަށް އޮތް އުފާވެރި ހަބަރަކީ ވަރަށް ފަސޭހައިން މިކަން ކުރެވިދާނެ ކަމެވެ. މި ލިޔުމުގައި މި ބަލާލަނީ ހަން ރީތިކޮށް ބެހެއްޓުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.
މޫނު ދޮވުމާއެކު ދުވަސް ފެށުން
ހެނދުނު ހޭލައިގެން ފުރަތަމަ ކަމަކަށް ވެސް ސާފު ރީތި ފެނުން މޫނު ދޮވެލާށެވެ. މޫނުގައި ބާރަށް އަތް އުނގުޅުމުގެ ބަދަލުގައި މޫނަށް ފެން ބުރުވާލާށެވެ. ރަނގަޅަށް މޫނު ދޮވެލުމަށްފަހު ހަންގަނޑާ ގުޅޭ މޮއިސްޗަރައިޒް ކްރީމެއް މޫނުގައި އުނގުޅާލާށެވެ. ކޮންމެ މޫސުމެއްގައި ވެސް މޫނުގައި މޮއިސްޗަރައިޒް ކްރީމެއް ބޭނުން ކުރެވިދާނެ އެވެ.
ހަފްތާއަކު މަދުވެގެން އެއްފަހަރު ބޮޑީ ސްކްރަބް އެއް ބޭނުންކޮށްގެން ގައިދޮވުން
ހަފްތާއަކު މަދުވެގެން އެއް ފަހަރު ފެންވަރާއިރު ގައި އުނގުޅުމަށް ހާއްސަކޮށްގެން އުފައްދާފައިހުންނަ އެއްޗެއް ބޭނުންކޮށްގެން މުޅި ހަށިގަނޑު ދޮވުމަކީ ހަން ރީތިކޮށް ބެހެއްޓުމަށް މުހިއްމު ކަމެކެވެ. އެގޮތަށް ހަން އުނގުޅާއިރު ހަމަށް އަނިޔާ ނުވާނެހެން މަޑުމަޑުން އުނގުޅަން ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ އެވެ. ހިކި ކުރަކި ހަންގަނޑެއްނަމަ ހަފްތާއަކު އެއްފަހަރު ސްކްރަބް ކުރުން ރަނގަޅުވާނެ އެވެ. ތެޔޮ ހަންގަނޑެއްގެ ވެރިއެއްނަމަ ހަފްތާއަކު ދެފަހަރު ސްކްރަބް ކުރުމުން ރަނގަޅުވާނެ އެވެ.
ނިދުމުގެ ކުރިން އަތްފައި ދޮވުން
ނިދުމުގެ ކުރިން އަތާއި ފައި ރަނގަޅަށް ދޮންނަން ހަނދާން ކުރަން ޖެހޭނެ އެވެ. ނިޔަފަތިތައް ސާފުކޮށްފައި ބެހެއްޓުމަކީ ހަންގަނޑަށްވެސް ފައިދާ ކުރާނެކަމެކެވެ. ނިދުމުގެ ކުރިން ފައިތިލަ މަސާޖް ކޮށްލެވިދާނެ އެވެ. އަދި އަތުގެ އިނގިލިތައްވެސް އަމިއްލަ އަށް މަސާޖުކޮށްލުން ރަނގަޅުވާނެ އެވެ.