ކޮންމެ ދުވަހެއްގެ ހެނދުނު ވަޒީފާއަށް ދިއުމުގެ ކުރިން އެކި މީހުންގެ ތާވަލުގައި ހިމެނޭނީ އެކި ކަންކަމެވެ. އެހެން ނަމަވެސް އަމިއްލަ ތާވަލްގެ ތެރެއަށް މި ތިން ކަންތައް ވެސް އެއްކޮށްލާށެވެ.
ފެން ބުއިން
ކޮންމެ މީހަކަށް ވެސް 6-8 ނިދި ބޭނުންވާއިރު، ހޭލުމަށްފަހު ފެން ބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. ހާއްސަކޮށް ވަޒީފާތަކުގައި އުޅޭ ފަރާތްތަކުގެ ސިކުނޑީގެ މަސައްކަތްތައް ފަށައިގަތުމަށްޓަކައި ފެން ބުއިމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.
ހަމަޖެހިގެން ކަންކަން ކުރުން
ހޭލުމަށްފަހު އަވަސް އަރުވާލައިގެން ކާނާ ތައްޔާރުކޮށް އޮފީހަށް ދާން ތައްޔާރުވުމަކީ އަހަރުމެންގެ އާދަ އެކެވެ. މިކަމުގެ ނަތީޖާއަކަށް ވަނީ ދުވަސް ފެށުމުގެ ކުރިން ހަށިގަނޑުގެ ހަކަތަ ހުސްވުމެވެ. އެހެން ކަމުން ކުރަން ޖެހޭ ކަންތައް ހަމަޖެހިލައިގެން ކުރެވޭހާ ވަގުތު އޮއްވާ ތެދުވަން ވާނެ އެވެ.
ދުވަހުގެ މަގުސަދެއް ކަނޑައަޅުން
ކޮންމެ ދުވަހަކީ ވެސް އާ ކަންކަމާއި ކުރިމަތިލާން ޖެހޭނެ ދުވަހެކެވެ. އެހެންކަމުން ކޮންމެ ދުވަހަކަށް ވެސް ހަމަޖެހިފައިވާ ޕްލޭންގެ ދަށުން އަޒުމެއް ކަނޑައަޅާށެވެ. ހާއްސަކޮށް ވަޒީފާއަށްދާ މީހުންގެ ގޭތެރޭގެ އިތުރުން އޮފީހުގެ މަސައްކަތް ކުރަން ޖެހުމުން މަސައްކަތް ދެ ގުނަ ވީ އެވެ. އެހެން ކަމުން ކުރަން ބޭނުންވާ ކަންކަން ދުވަހުން ދުވަހަށް ނިންމާލުމަށް ރާވާލާށެވެ. އޭރުން ދުވަސް ނިމުމުގެ ކުރިން އެ ދުވަހަކަށް ކޮށް ނިންމަން ޖެހޭ ކަންކަން ނިންމާލަން ފަސޭހަވާނެ އެވެ.
ވޯލްޑް ކަޕާ 2026: ކޮންމެ މެޗެއްގެ ކުރިން ބޯޅަ "ޗާޖު" ކުރަން ޖެހޭ!
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އަލުން ހުޅުވާލައިފި
ދ. މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީއަށް