ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ހުށަހެޅި ޕެޓީޝަންގައި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މަންމާފުޅާއި ބައްޕާފުޅު ސޮއިކުރައްވައިފި އެވެ.
މި ޕެޓީޝަންގައި ރައީސް ނަޝީދުގެ މަންމާފުޅު އާބިދާ މުޙައްމަދާއި ބައްޕާފުޅު އަބްދުއްސައްތާރު އުމަރު ސޮއިކުރެއްވީ އިއްޔެގެ ވަގުތެއްގައި ގ. ކެނެރީގޭގަ އެވެ. އަދި އެދެބޭފުޅުން ބަރުލަމާނީ ޕެޓިޝަންގައި ސޮއިކުރެއްވުމާއެކު އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ މިކަން ފާހަގަކޮށް ބަރުލަމާނީ ޕެޓީޝަންގައި ގިނަ ބަޔަކު ބައިވެރިވުމަށް ގޮވާލައި ޓުވީޓްކޮށްފަ އެވެ.
ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށްޓަކައި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު އިސްވެ ހުންނަވައިގެން ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ތައްޔާރުކުރާ މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އަދި މި ޕެޓިޝަންގައި ވީހާވެސް ގިނަ ބަޔަކު ސޮއިކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާއިރު، ރައީސް ނަޝީދަށް ތާއީދުކުރައްވާ ގިނަ އެމްޑީޕީގެ މެމްބަރުން ވަނީ މި ޕެޓިޝަންގައި ސޮއިކުރައްވާފަ އެވެ.
ބަރުލަމާނީ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ތިޔާއީ ކެނެރީގެ ވަގުންތައް ދައުލަތުގެ ޚަޒާނާ އިން ވައްކަން ކުރަން ވެގެން ކުރާ ކަމެކޭ ތިޔާގެ ސަބަބުން ވެސް ރައްޔިތުންނަށް ކުރާނެ ފައިދާ އެއް ނެތޭ މީގައި އެންމެ ރަނގަޅު ގޮތަކީ މާލެ ސިޓީ ކައުންސިލް ހިންގާ ގޮތަށް ރައްޔިތު ބައްދަލުވުން ތައް ބާއްވައިގެން ރައްޔިތުންނާއި ގުޅިގެން ވެރިކަން ކުރިއްޔާއޭ
އެމީހުން ސޮއި ކުރާނެ ނަޝީދު ކެނެޑާގައި ދެއްކި ލާދީނީ ވާހަކަ ތަކުގައި ވެސް.