ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓަކުގައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރަން 56 ފުލުހުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަރު ހަމީދު ވިދާޅުވީ ހިޔާ މަޝްރޫގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކުގައި 35،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"56 ފުލުހަކު 16 ޓަވަރުގެ ސަރަހައްދުގައި ބޭނުންވާނެ ކަމަށް މި ބަލަނީ،" ހަމީދު ވިދާޅުވި އެވެ. "ހަތަރު ވަނަ ޓަވަރުން ޖާގަ ލިބިފައިވަނީ އެ ތަނުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް. އެ މަސައްކަތް ވަނީ ފަށާފައި."
އެ ސަރަހައްދުގެ އަމާންކަން ގާއިމުކުރުމަށް ކުރެވޭ މަސައްކަތާއި ގުޅޭ ގޮތުން ކޮމިޓީގައި މެންބަރުން ސުވާލު ކުރެއްވުން ކޮމިޝަނަރު ވިދާޅުވީ ހިޔާގެ 16 ޓަވަރުގައި ގާތްގަނޑަކަށް 35،000 ވަރަކަށް މީހުން އާބަދުވެގެންދާއިރު ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ފުލުހުން ކުރަމުންދާ ކަމަށެވެ.
ހަމީދު ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ފުލުހުން ހަރަކާތްތެރިވާނެ ގޮތްތަކާ އެ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމާއެކު ކުރިމަތިވެދާނެ މައްސަލަތަކާ ގުޅިގެން އެކަންކަން ހައްލު ކުރުމަށް ކުރެވޭނެ ކަންކަމައި ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާއެކު ވެސް މަޝްވަރާކުރަމުންދާ ކަމަށެވެ.
"މިހާރު އެ ސަރަހައްދުގައި ބައެއް އާއިލާތަކުން ދިރިއުޅެން ފަށައި އަދި ބައެއް އާއިލާތަކުން ދިރިއުޅެން ފަށަން ތައްޔާރުވަމުން ދަނީ. ފްލެޓުތަކުގައި ކުރެހުމާއި އެ ސަރަހައްދުން ވައްކަން ކުރުން ފަދަ ކަންކަން މިހާރު ވެސް ދިމާވޭ. ހުޅުމާލެ ޕޮލިހާ ގުޅިގެން އެފަދަ ކަންކަން ބަލައި ރައްޔިތުންނަށް ދޭން ޖެހޭ މައުލޫމާތު ފޯރުކޮށްދެމުން ދަނީ،" ހަމީދު ވިދާޅުވި އެވެ.
ރާއްޖޭގައި ދިރިއުޅުމުގެ ޚަރަދު ތައް ކުޑަވާނީ އެއީ މާލެ ސަރަހައްދުން ސްޕެޝަލީ ސަރުކާރުންދޭ ފްލެޓްސް ތަކަކީ އެއީ ކޮންމެ ފްލެޓެއްގެ އޮކިއުޕައިޑް ފުޓް ޕްރިންޓް ގައި 1000 އަކަމީޓަރު ހުރެފައި އަދި ކޮންމެ އަކަމީޓަރަކީ އެއީ މަހަކު 1 ރުފިޔާ ކުއްޔެއްގެ ގޮތުގައި ދީގެންނޭ ސަރުކާރުން ބިނާ ކުރާ ފްލެޓްސް ތަކުގެ ދެ ސްލެބް ދެމެދު އުސްމިނުގައި ވެސް ހުންނަންވީ 6 މީޓަރު އެއިރުން ސްލެބުން ލޯވަޅު ނާޅާ ސްލެބް މަތިން އެމްއީޕީ ލައިން ވެސް އަޅާ އޭގެ މަތިން ސިމެންތި ތަޅުން އެޅޭނެއޭ އެއިރުން 1000 އަހަރަށް ބިލްޑިންގް
2030 ގައި ސާރކްގައި އޮތް އެންމެ ވަރުގަދަ އަށް ކުރިއަރަމުން އަންނަ އިގްތިސާދަކަށް ރާއްޖެ ހެދޭނެއޭ މާލެ ސަރަހައްދު މާލޭ އުތުރުން ތިލަފުށިން ފެށިގެން ހުޅަނގު ފަޅިން ބްރިޖެއް އަދި ހުޅުމާލޭ އިރު އުތުރުން ބްރިޖެއް އަ ރިންގް ޓައިޕް ބްރިޖެއް ގޮސް ގާފަރަށް ގުޅާލާ ގާފަރު ފަޅު ހިއްކާލާ އަދި މިލައިން ގައި ހުރި ހުރިހާ ފަޅުތައް ހިއްކާލާ ސަބް ބްރިޖްސް ތަކުން ރިންގް ބްރިޖް އާއި ގުޅުވާލާ ގޯތި ދެވޭނެއޭ ބޭނުން ކޮންމެ މީހަކަށް ދޭނީ 1000 އަކަމީޓަރުގެ ގޯއްޗޭ އެންމެ ކުޑަކޮށް އަކަމީޓަރަކަށް މަހަކު 1 ރުފިޔާ އަށް
އައްޑޫ އެއާރޕޯރޓަށް ސަރުކާރުގެ ބަޖެޓުން ކޮންމެ އަހަރަކު ގެއްލުމުގައި އެބަ ޚަރަދު ކުރޭ އަހަރަކަށް 80 މިލިއަން ޑޮލަރު އެއީ އެއެއާރޕޯރޓްގައި އިންޓަރނޭޝަނަލް ނަން ބޯރޑެއް އަޅުވައިގެން އުޅޭތީއޭ އެކަން ދޫކޮށްލާ އެއިންޓަރނޭޝަނަލް ބޯރޑް އުވާލާ އެފައިސާ އިން މާލެ ސަރަހައްދުގައި އޮތް ފުށި ދިއްގަރު ފަޅު ހިއްކާ އަދި އެނބޫދޫ ފަޅުގައި ތަރައްގީ ނުކޮށް އެމެން ހިއްކާފައިވާ ފަޅުތައް ވެސް ގަނެގެން ގޯތި ދެވޭނެ ނޫންތޭ ތްރީ ސިކްސްޓީ ޑިގްރީގައި ސަރުކާރުން ވިސްނުން ގެންގުޅެންވީއޭ ސަރުކާރުގެ ވިސްނުން ބަދަލުކުރޭ
ހިޔާ ފްލެޓްސް ތަކުގެ ކުލި ކުޑަ ކުރާށޭ އަކަފޫޓަކަށް މަހަކު 1 ރުފިޔާ އަށް ޕީޕީއެމް އިން ކޮންމެ ރެއަކު ލައިވް ޓީވީ ތަކުން އިވެންޓްސް ތައް ބާއްވާއިރު އެބަޖެހެއޭ ރައްޔިތުންގެ ވިންދާއި ސީދާ ގުޅިފައިވާ ކަންކަން ވެސް ފަލަ ސުރުޚީން ނުގެއްލޭނެ އުސޫލުން އެކަން ކުރަން އެގޮތުން ހިޔާ ފްލެޓްސް ތަކުގެ ކުލި ކުޑަ ކުރުމަކީ އެއީ ޕީޕީއެމް އިން އިދިކޮޅު ގައި އޮންނައިރު އެންމެ ބޮޑަށް ވަކާލާތު ކުރަން ޖެހޭނެ ކަމެކޭ މުޅި ސީން އެއީ ރައީސް ޔާމީން ޖަލުން ދޫކޮށްލުން ކަމަށް އިވެންޓް ޑިޒައިން ކުރުން އެއީ ރައްޔިތުން އެމައްޗަށް
ހިޔާ ފްލެޓް ބަލަހައްޓަން 56 ފުލުހަކު ބޭނުންވާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވި ނަމަވެސް ތިޔާއީ މާ މަދު އަދަދެކޭ ތިޔާ %100 އިތުރު ކޮށްލާ 100 ފުލުހުންނަށް ހަދަންވީ އަދި ސިފައިން ވެސް 100 ސިފައިން ވެސް ފޯރި އަށް ބައިތިއްބަންވީއޭ ތިޔާއީ ރާއްޖެތެރޭގެ ދެ އަތޮޅެއް އެއްކޮށް ލުމުން އަންނަ އާބާދީއޭ ހިޔާ ފްލެޓްސް ތަކުގައި ދިރިއުޅޭނީ އެތަނުން ނިކުންނާނެ ވައްކަމާއި ފޭރުމާއި މާރާމާރީގެ މައްސަލަ ތަކަށް އެޑްރެސް ކޮށް އެތަނުގެ ސެކިއުރިޓީ ޖެހޭނެއޭ ވަރަށް ވަރުގަދަ ކުރަން ފުލުހުން ވަރުގަދަ ކުރަން ޖެހޭނެއޭ...