ޕެރިސް (12 ސެޕްޓެމްބަރު) - އަފްޣާނިސްތާނުގެ ވެރިކަމަށް އަތްގަދަ ކޮށްފައިވާ ތާލިބާން ސަރުކާރު ފަރަންސޭސި ވިލާތުން ބަލައިގަނެފައިވާ ކަމަށް ބުނެ އެ ޖަމާއަތުން ހަދަނީ ދޮގު ކަމަށާއި އެ ޖަމާއަތާއެކު އެއްވެސް ގުޅުމެއް ނެތް ކަމަށް ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ވައިއެސް ލީ ޑްރެއިން ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވެފައި ވަނީ އަފްޣާނިސްތާނުން އިތުރު މީހުން ބޭލުމަށް ގަތަރާއެކު ކުރިއަށްދާ މަޝްވަރާތަކުގައި ބައިވެރިވުމަށް އެ ގައުމަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގަ އެވެ.
އަފްޣާނިސްތާނުން ފައިބަން ބޭނުންވާ އެ ގައުމުގެ ރައްޔިތުންނާއި އެހެން ގައުމުގެ ރައްޔިތުންނަށް އެ ފުރުސަތު އޮންނާނެ ކަމަށް ތާލިބާނުން ބުނި ނަމަވެސް އެއީ ދޮގުކަމަށް ޖީން ބުނެފައިވެ އެވެ.
"އެ ސަރުކާރާއެކު ފްރާންސްގެ އެއްވެސް ގުޅުމެއް ނެތް. އިގްތިސާދީ ގުޅުން ދެމެހެއްޓުމަށް ތާލިބާނުންގެ ފަރާތުން އެދެވޭ އަމަލުތަކެއް ފެންނަން ޖެހޭ،" ޖީން ވިދާޅުވި އެވެ.
މިހާތަނަށް 3،000 އަށް ވުރެ ގިނަ ފްރާންސްގެ ރައްޔިތުން އަފްޣާނިސްތާނުން ބޭރުކޮށްފައިވާއިރު، ފްރާންސްގެ އިތުރު ރައްޔިތުންތަކަކާއި އެ ގައުމަށް ދާން ބޭނުންވާ އަފްޣާނިސްތާނުގެ ރައްޔިތުން އަދިވެސް އެބަތިބި ކަމަށް ފްރާންސްގެ އިދާރާތަކުން ބުނެފައިވެ އެވެ. – އަލް އަރަބިއްޔާ
އެއްބަސްވުން އިޒްރޭލާ ހިއްސާނުކުރަން އެމެރިކާއިން ނިންމައިފި
ރާއްޖޭގެ ޑީޖީޕީ މިއަހަރު ހުންނާނީ 1 ޕަސެންޓްގައި: އައިއެމްްއެފް
ސިޔާސީ މައްސަލަތަކުގައި މިއަހަރު 12 މުވައްޒަފުން ކަނޑައިލި