ކ. ކާށިދޫގެ ފަޅޯ ދަނޑަކަށް ބަޔަކު ގެއްލުން ދީފި އެވެ.
ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ ބަޔަކު ގެއްލުންދިން ފަޅޯ ދަނޑުގައި 115 ފަޅޯ ގަސް ހުންނާނެ ކަމަށާއި އެ ގަސްތަކުގައި ހުރީ ފަޅޯ އަޅައި ބަރާވެފައި ކަމަށެވެ. އެހެން ނަމަވެސް އެ ހުރިހާ ގަހެއް ބަޔަކު ކަނޑާލާފައިވާ ކަމަށާއި މިހާރު އެދަނޑުގައި ހުރީ އެންމެ ތިން ގަސް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާމިރު ވިދާޅުވި ގޮތުގައި އެ ދަނޑުގައި ގާތްގަނޑަކަށް 10 ވަރަކަށް ޓަނުގެ ފަޅޯ ހުންނާނެ ކަމަށެވެ.
މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު މިމައްސަލަ އަންނަނީ ފުލުހުން ބަލަމުންނެވެ.
ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ކާށިދޫގައި މީގެ ކުރިން ވެސް ދަނޑުތަކަށް ގެއްލުންދިނުމުގެ މައްސަލަތައް ރިޕޯޓްކޮށްފައިވެ އެވެ.

އެސްޖޭއަށް ނޭޅުނު ޒިކުރާ މިސްކިތް އިމާރާތްކުރަން ބިންގާ އަޅައިފި
މަގު ހަދަން ހެންވޭރު ޓާމިނަލުން ރަސްމީ ފާލަމަށް ފަޅު ބަންދުކުރަނީ
އަލިފާނުގައި މަރުވި ދެ ބިދޭސީއެއްގެ ހަށިގަނޑު ގައުމަށް ފޮނުވައިފި
