ކެރެޓަކީ އަހަރެމެންގެ ކެއިންބުއިމުގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރީ އެކެވެ. ގިނަ ބަޔަކަށް ކަމުދާ އެއްޗެއް ވެސްމެ އެވެ. ކެއުމުގައި އާއްމުކޮށް ބޭނުން ކުރެވޭ މި ތަރުކާރިއަކީ ވަރަށް ގިނަ ސިއްހީ ފައިދާތަކެއް ލިބިދޭ އެއްޗެކެވެ.
ލޮލުގެ ފެނުން ރަނގަޅުކޮށްދޭ
ލޮލުގެ ފެނުން ރަނގަޅު ކުރަން ބޭނުންނަމަ ކެރެޓަށްވުރެ ފައިދާހުރި ކާނާއެއް ނުހުންނާނެ އެވެ. ކެރެޓަކީ ގުދުރަތީ ގޮތުން ވިޓަމިން އޭ ގިނަ އަދަދަކަށް އެކުލެވޭ އެއްޗަކަށް ވުމުން ލޮލުގެ ފެނުން ރަނގަޅު ކުރުމަށް އެހީވެދެ އެވެ. މީގެ އިތުރުން ރޭގަނޑުގެ ފެނުން ރަނގަޅު ކޮށްދޭ މާއްދާއެއް ކަމަށްވާ ލިއުޓިން އާއި ލައިކޮޕީން ވެސް ކެރެޓުގައި އެކުލެވެ އެވެ.
ބަރުދަން ލުއިކުރުމަށް އެހީ ވެދޭ
ބަރުދަން ލުއިކުރުމަށް ބޭނުން ނަމަ ފައިބާ ގިނަ އަދި ކެލޮރީސް މަދު ކެއުންތައް ކެއުމުގައި ހިމަނަން ޖެހެ އެވެ. ކެރެޓަކީ މި ދެ ސިފަވެސް ލިބިގެންވާ ތަރުކާރީއަކަށް ވުމުން ބަރުދަން ލުއިކުރަން މަސައްކަތް ކުރާ ފަރާތްތަކަށް ކެރެޓަކީ ވަރަށް މުހިއްމު އެއްޗެކެވެ.
ހަޖަމުކުރުން ރަނގަޅު ކޮށްދޭ
ކެރެޓުގައި ހިމެނޭ ޑައިޓްރީ ފައިބާގެ ސަބަބުން ހަޖަމު ކުރުމުގެ ނިޒާމަށް ކުރިމަތިވާ މައްސަލަތައް ރަނގަޅު ކޮށްދީ ބޮޑުކަމު ދިއުމަށް ފަސޭހަ ކޮށްދެ އެވެ. އެހެންކަމުން ބަނޑު ހަރުވުމާއި ބަނޑު ދިޔާވުކީ ކެރެޓު ބޭނުން ކުރާނަމަ ވުން ވަރަށް ނާދިރު ކަމެކެވެ.