މެންދުރު ނުވަތަ ރޭގަނޑުގެ ނާސްތާއަށް ބަތް ކެއުމުން ލޮޑުވެ ނިދި އަންނަ ގޮތްވުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. ބަތަކީ ގިނަ ބައެއްގެ ކެއުމުގައި އާއްމު ބާވަތަކަށްވާއިރު، ބަތް ކެއުމުން ވާ ލޮޑު ކުޑަކުރަން މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ.
ބަތް ކެއުމުން ލޮޑުވުން ކުޑަ ކުރާނެ ގޮތްތަކަށް ބަލާލުމުގެ ކުރިން ބަތް ކެއުމުން ލޮޑުވަނީ ކީއްވެގެންތޯ ބަލާލުން މުހިއްމު ކަމަށް ދެކެމެވެ. ބަތަކީ ކާބޮހައިޑަރޭޓްސް ގިނަ އަދަދަކަށް އެކުލެވޭ ހުރިހާ ސަގާފަތެއްގެ ކެއިންބުއިމުގައި ބޭނުން ކުރެވޭ ބާވްތެކެވެ.
ހަނޑޫ ހިމެނޭހެން ހުރިހާ ގޮދަނުގެ ބާވަތްތަކުން ވެސް ލޮޑުވެ ނިދި އައުމަށް މަގުފަހިވާނެ އެވެ. ހަނޑުލުގައި ހިމެނޭ ކާބޮހައިޑްރޭޓްސްއިން ހަށިގަނޑުގައި އިތުރުވާ ގުލްކޯޒް ކޮންޓްރޯލް ކޮށްދިނުމަށް އުފެދޭ އިންސިއުލިން ވެސް ގިނަވެ އެވެ. އެ އިންސިއުލިން ގިނަވުމުގެ ސަބަބުން ނިދި އައުމަށް މަގުފަހިކުރުވާ މެލެޓޮނިން އަދި ސެރޮޓޮނިން ހޯމޯން އިތުރުވެ އެވެ. ނަތީޖާއަކަށް ވަނީ ބަތް ކެއުމުން ނިދި އައުމެވެ.
ބަތް ކެއުމުން ލޮޑުވެ ނިދި އަޔަސް އެއީ ސިއްހަތަށް ގެއްލުން ހުރި ބާވަތެކޭ ބުނެވޭކަށް ނެތެވެ. ބަތަކީ މިންހެޔޮ ކެއުމެއް ކެއުމަށްޓަކައި ނާސްތާގައި ހިމެނުން އެދެވިގެންވާ އެއްޗެކެވެ.
އެހެންކަމުން ބަތް ކެއުމުން ލޮޑުވުން ކުޑަ ކުރަން މަސައްކަތް ކުރެވިދާނެ އެވެ. އެގޮތުން ނާސްތާގައި ބަތާއެކު ތަރުކާރީ ފަދަ ބާވަތްތައް ހިމެނުމާއި ކާއިރު މަދުން ކެއުމަކީ ލޮޑުވުން ކުޑަ ކުރުމަށް ކުރެވިދާނެ ކަމެކެވެ.