ސްރީލަންކާއަށް ރާއްޖެއިން މަސް އެކްސްޕޯޓްކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް އެ ގައުމުން އަންގާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހާ ބެހޭ ގޮތުން ލަންކާގެ ޚާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނާ އާއި ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރު އަޖިތު ނިވާދު ކަބްރާލް އާ މަޝްކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމުގެ ޔަގީންކަން އެ ބޭފުޅުން ދެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.
ސްރީލަންކާގެ އާ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެގައުމުގައި ނުހުންނަ ބާވަތްތަކުގެ މަސް އެ ގައުމަށް އިމްޕޯޓު ނުކުރުމަށެވެ. އެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށްގެއްލުމެއް ލިބިދާނެތޯ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ސުވާލުކުރެއްވުމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ އެކަމާ މެދު ކަންބޮޑުނުވާ ކަމަށާއި ހިކި ކަނޑުމަހަކީ މާ ބޮޑު އަގެއް ލިބޭ އެއްޗެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ އަމާޒު ހުރީ އަގުބޮޑެތި ބާޒާރުތަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ވިއްސާރައިގައި، ކަނޑޫދޫގެ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!