އައި ފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ތައްޔާރުކުރާ އެންތޮލޮޖީ ސީރީޒް "މަޒްލޫމް"ގެ ދެވަނަ ޗެޕްޓަރު "ޒައްރޫކް"ގެ ރަސްމީ ޓީޒާ ނެރެފި އެވެ.
އިޖުތިމާއީ މައްސަލަތަކެއްގެ މައްޗަށް ތައްޔާރުކުރަމުންދާ ކުރު ފިލްމު "މަޒުލޫމް"ގެ ޗެޕްޓަރުތަކުގައި ކިޔައިދެނީ އިޖުތިމާއި ވާހަކަތަކެކެވެ.
މިއީ ފިލްމު "ބަވަތި" އަދި "ނީނާ"ގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކުރި ހުނަރުވެރި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ކުރު ފިލްމެކެވެ.
ފިލްމު 45 ވަރަކަށް މިނެޓް ވަންދެން ކުރިޔަށްދާނެ ކަމަށް ކަޒްމިކް އިންޓަނޭޝަނަލްއިން ބުނެ އެވެ.
"ޒައްރޫކް"ގެ ޓީޒާ ނެރެފައިވާއިރު މިބައިގައި ފެންނަނީ ލީޑް ރޯލުން ކުޑަކުއްޖަކެވެ.
ކުޑަކުއްޖެގެ ބައިން މާހިލް ފެނިގެންދާއިރު ދެން ފެނިގެންދަނީ ޝަރަފު އާއި ބައިސްކޯފްގެ ސީރީޒް "އެހެނަސް" އިން ތައާރަފުވި ނަތާޝާ ޖަލީލް އެވެ.
މި ފިލްމު ޓީޒާ ބަލާލުމުން މާހިލްގެ އެކްޓީން ހުނަރާމެދު އެއްވެސް މީހަކު ސުވާލެއް ނުއުފައްދާނެކަން ޔަގީންނެވެ.
"ޒައްރޫކް" ވެސް ދައްކާނީ ބައިސްކޯފު އެޕްލިކޭޝަނުންނެވެ.
ބޮޑުވި ފެން ބިލްތައް ދައްކަންޖެހޭނީ އެފްޑީސީން: މަތީން
އޮރިޖިނަލް ކާސްޓުންނާއެކު "ތުރީ އިޑިއަޓްސް 2" ފަށަނީ!
ކަރަންޓުގައި ޖެހުނު ސްޓެލްކޯގެ މުވައްޒަފު މަރުވެއްޖެ
