ލަންޑަން (11 އޮގަސްޓް) - މިހާތަނަށް ހިނގި އެންމެ ބޮޑު ކްރިޕްޓޯ ކަރަންސީ ވައްކަމުގައި ހެކްކޮށްގެން ނެގި 260 މިލިއަން ޑޮލަރުގެ ޑިޖިޓަލް ކޮއިންސް އަނބުރާ ރައްދުކޮށްފައިވާ ކަމަށް ހެކްކުރި ކުންފުންޏަކުން ބުނެފި އެވެ.
ޕޮލީ ނެޓްވޯކުން ބުނީ ހެކް ކޮށްފައިވާ 613 މިލިއަން ޑޮލަރުގެ ތެރެއިން ތިންބައި ކުޅަ އެއްބައި ލިބިފައިވާ ކަމަށާއި ނަމަވެސް ބޮޑު ބައެއް އަދިވެސް ލިބެން ޖެހޭ ކަމެށެވެ.
މިދިޔަ އަންގާރަ ދުވަހު އެ ކުންފުނިން ވަނީ އެކުންފުނީގެ ނެޓްވޯކް ހެކްކޮށްފައިވާ ކަމަށާއި ހެކްކުރި ފައިސާ ރައްދުކޮށް ނުދީފިނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ހެކަރުންނަށް އިންޒާރު ދީފަ އެވެ.
ހެކަރުން ކަމަށް ބުނާ ބަޔަކު އެ ކުންފުންޏަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ އެ މީހުންގެ މަގުސަދަކަށްވީ މި ނެޓްވޯކުގައިހުރި މައްސަލަތައް ހާމަކުރުން ކަމަށާއި ފައިސާ ބޭނުންނުވާ ކަމަށެވެ.
މި ވައްކަން ކުރި ހެކަރުންގެ ވަނަވަރު އަދި އެނގިފައި ނުވާއިރު ފޮނުވި މެސެޖުގެ އަސްލު ވެސް އަދި ޔަަގީން ކުރެވިފައެއް ނުވެ އެވެ. -- ރޮއިޓާސް
ތުރުކީއާއެކު ހެދި އެފްޓީއޭ އަށް އަމަލުކުރަން ފަށައިފި
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!
ކުޑަ ކުދިންނަށް ތި ހީކުރާ ވަރަށްވުރެ ގިނައިން ނިދި ބޭނުންވޭ!