އެކްތާ ކަޕޫރްގެ ބަލާޖީ ޓެލެފިލްމްސް އާއި ހަންސަލް މެހެތާ ޕުރޮޑިއުސްކުރާ ފިލްމުގައި އެކްޓުކުރުމުގެ އިތުރުން އެ ފިލްމު ޕުރޮޑިއުސަރެއްގެ ގޮތުގައި ވެސް ކަރީނާ މަސައްކަތް ކުރާނެ އެވެ.
ޖާނަލިސްޓް ރާހުލް ރައުތް މި ހަބަރު އޭނާގެ ޓުވިޓާގައި ހިއްސާކުރަމުން ބުނެފައި ވަނީ ހަންސަލް މެހެތާގެ ގުރިޓީ ތުރިލާއަކީ ޔޫކޭ އާ ގުޅުވާފައިވާ ފިލްމެއް ކަމަށާއި ހަގީގީ ދިރިއުޅުމުގެ ކަންތައްތަކެއް މައްޗައް ހަދާ ފިލްމުން ކަރީނާ ޕްރޮޑިއުސަރެއްގެ ގޮތުގައި ފުރަތަމަ ފަހަރައް ފެންނާނެ ކަމަށެވެ.
ކަރީނާ އޭނާގެ ދެ ވަނަ ދަރިފުޅު އުފަންވުމަށްފަހު ކުޅޭ ފުރަތަމަ ފިލްމާ ބެހޭ ގޮތުން ބުނީ އެކްތާއާ އެކީ ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރުމަކީ ފަހުރުވެރިކަމެއް ކަމަށާއި އޭނާއަކީ ހަންސަލްގެ ފިލްމުތަކަށް ވަރަށް ބޮޑަށް ސަޕޯޓްކުރާ މީހެއް ކަމަށާ އެކުގައި މަސައްކަތްކުރަން ލިބުމަކީ ވަރަށް ވެސް ހާއްސަ ކަމެއް ކަމަށެވެ.
އެކްތާ ވަނީ 2018 ވަނަ އަހަރު ނުކުތް ފިލްމު ވީރެ ދި ވެޑިންގައި ކަރީނާ އާއެކީ މަސައްކަތް ކޮށްފަ އެވެ.