ލޭ މައްޗަށް ދިއުމަކީ އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ފަރުވާ ކުރަމުން އަންނަ ކަމެކެވެ. ޑޮކްޓަރީ ބޭހުންނާއި އެކި ކަހަލަ ހާބަލް ބޭސްތައް ވެސް ބޭނުންކުރާ ބައްޔެކެވެ.
މި ލިޔުމުގައި މިބަލާލަނީ ގުދުރަތީ ގޮތުން ލޭމައްޗަށް ދިއުން ކޮންޓްރޯލް ކޮށް ލޭގެ ޕްރެޝަރު ދަށް ކުރުމަށް ކުރެވިދާނެ ބައެއް ކަންކަމަށެވެ.
ސޯޑިއަމް ބޭނުންކުރުން މަދު ކުރުން
ސޯޑިއަމް ނުވަތަ ލޮނު ގިނައިން ބޭނުންކުރުމަކީ ލޭ މައްޗަށް ދިއުމުގެ އިތުރުން ސްޓްރޯކް ޖެހުމަށް ވެސް މަގުފަހިވާ ކަމެކެވެ. އެހެން ކަމުން ދުވާލެއްގެ މައްޗަށް ލޮނު ބޭނުންކުރާ ވަރު މަދުކުރުމުން ލޭގެ ޕްރެޝަރު ދަށްވުމަށް ބާރު އަޅަ އެވެ.
ގަވާއިދުން ކަސްރަތު ކުރުން
ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ އިންސާނަކަށް ވެސް 30 މިނެޓާ 45 މިނެޓާ ދެމެދުގެ ވަގުތުކޮޅެއްގެ ކަސްރަތު ބޭނުންވެ އެވެ. ހާއްސަކޮށް ލޭގެ ޕްރެޝަރު މައްޗަށް ދާ މީހުން ގަވާއިދުން ކަސްރަތުކުރުމަކީ ލޭގެ ހިނގުން ރަނގަޅުކޮށްދީ ޕްރެޝަރު ކޮންޓްރޯލް ކޮށްދޭނެ ކަމެކެވެ.
ރީފައިންޑް ކާބޮހައިޑްރޭޓްސް މަދުކުރުން
ފަހުގެ ދިރާސާތައް ދައްކާ ގޮތުގައި ގޮވާން ފަދަ ރީފައިންޑް ކާބޮހައިޑްރޭޓްސް ކެއުމުގައި ގިނައިން ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު މައްޗަށް ދާން މެދުވެރިވާ ސަބަބެކެވެ. ހުދު ޕާނާއި އާދައިގެ ހަނޑޫ އަދި ގޮދަން ފުށަކީ ލޭގައި ހުންނަ ހަކުރުގެ މިންވަރު އިތުރު ކޮށްދީ ލޭގެ ހިނގުމަށް ބުރޫ އަރާ ކަމެކެވެ.