ބިދޭސީ ޓީޗަރުންނަށް ދޭ އެލަވެންސް އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ކިޔަވައިދޭ ދިވެހި ޓީޗަރުންނަށް ވެސް ދޭނަމަ ރަނގަޅު ދިވެހި ޓީޗަރުން ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބިދޭސީ ޓީޗަރުންނާ އެއްގޮތަށް، އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ކިޔަވައިދޭ ދިވެހި ޓީޗަރުންނަށް ކެއުމާއި އެކޮމޮޑޭޝަން އެލަވަންސް ދޭ ގޮތަށް އުސޫލު ބަދަލުކޮށްފިނަމަ ފެންވަރު ރަނގަޅު ދިވެހި ޓީޗަރުން ލިބިގެންދާނެ ކަމަށެވެ. އަދި ދިވެހި ޓީޗަރުންގެ ސަބަބުން ގައުމީ މަންހަޖުގެ ނަތީޖާ ނެރެން މާބޮޑަށް ފަސޭހަ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިދޭސީ ޓީޗަރުންނާ އެއްގޮތަށް ރަށުން ބޭރުގައި ހިދުމަތްދޭ ދޭސީ ޓީޗަރުންނަށް ފޫޑް އަދި އެކަމަޑޭޝަން އެލަވަންސް ދޭ ގޮތަށް އުސޫލު ބަދަލުކޮށްފިނަމަ ފެންވަރު ރަނގަޅު ދޭސީ ޓީޗަރުން ލިބޭނެ. ގައުމީ މަންހަޖުގެ ނަތީޖާ ނެރެން މާބޮޑަށްވެސް ފަސޭހަވާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ކޮންމެ ސަރުކާރަކުން ވެސް ޓީޗަރުންގެ މުސާރާގެ މައްސަލައަކީ ހައްލު ގެނެވިފައިނުވާ މައްސަލައެކެވެ. ޓީޗަރުންނަށް ލިބޭ މުސާރަ ކުޑަވުމުން އެ ދާއިރާގައި މަސައްކަތްކުރާ ގިނަ މީހުން ތައުލީމީ ދާއިރާ ދޫކޮށް އެހެން ދާއިރާތަކުގައި މަސައްކަތް ކުރަމުން ގެންދެ އެވެ.
އީރާނުން 21 މީހަކަށް މަރުގެ އަދަބު ދީފި
ފުރާޅެއް ސާފުކުރަން އުޅުނު ދެބެއިން ކަރަންޓްގައި ޖެހި ފަރުވާދެނީ
ވިސާގެ މައްސަލައިގަ ފީފާގެ ބައްދަލުވުމުގައި އީރާނުން ބައިވެރިނުވި

ބޮޑެތި މުސާރަ ނަގައިގެން މޮޅެތި ހާ ވާހަކް ދައްކަނީ ހައްތާހާވެސް މިފެންނަނީ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން !
ޓީޗަރުން ނާއި މެދުގައި އިހުމާލު ވަނީ ތައުލީމް ހަލާކުކުރަން އޭރުން ޤައުމުގެ ޖީލް ހަލާކުވާނެ !