ގަސް ހެއްދުމަކީ އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ދިވެހިން ވަރަށް ގަޔާވެގެން ކޮށްއުޅޭ ކަމެކެވެ. ކުރިއަށް އޮތީ ވިއްސާރަ ދުވަސްތަކެއް ކަމަށްވުމާއެކު ވިއްސާރަ ދުވަސްވަރު ގަސް ހެއްދުމާ ބެހޭ ގޮތުން މައުލޫމާތު އެނގިފައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ވިއްސާރަ ދުވަސްވަރު ގަސް ހެއްދުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންކަމަށެވެ.
މާ ގިނައިން ފެން ނުދިނުން
ވިއްސާރަ ދުވަސްވަރު ވާރޭ ފެނުން ގަސްތަކަށް ފެން ލިބިދޭއިރު އިތުރު ގޮތްގޮތަށް ގަސްތަކަށް ފެން ނުދިނުން މުހިއްމެވެ. މާގިނައިން ފެން ދޭނަމަ ވެލިގަނޑު މަރުވެ ގަސްތެއް ވެސް އިސާހިތަކު މަރުވެދާނެ އެވެ.
ފެން ދައުރުވާނެ ގޮތެއް ބެހެއްޓުން
ގަސްތައް އިންދާފައި ހުންނަ ޓުކުރިތަކުގައި ފެން ދައުރުވާނެ ގޮތެއް ބަހައްޓަން ވާނެ އެވެ. އެގޮތުން ކޮންމެ ޓުކުރިއެއްގެ ވެސް ފުލުގައި ލޯވަޅު އެޅިދާނެ އެވެ. މި ގޮތުގެ މަތިން ގަސްތަކަށް ލިބޭ އިތުރު ފެން ބޭރުވާނެ އެވެ.
ވައި ދައުރުވުން ރަނގަޅު ކުރުން
ފެނާއެކު ވަޔަކީ ވެސް ގަސްތަކަށް އެހާމެ މުހިއްމު އެއްޗެކެވެ. ވިއްސާރަ މޫސުމުގައި ގަސްތަކަށް ބޭނުންވާ ފިނިހޫނުމިން ހިފެހެއްޓުމަށް ރަނގަޅަށް ވައި ދައުރުވާ ތަނެއްގައި ގަސްތައް ބަހައްޓަން އިސްކަން ދޭށެވެ. މާ ފިނިގަދަ ވެއްޖެނަމަ ނުވަތަ ހޫނުމިން ގަދަވެއްޖެ ނަމަ ގަސްތައް މަރުވާނެ އެވެ.
ތުރުކީގެ ކޮފީ: ކޮންމެ ތަށްޓަކުން ސަގާފަތުގެ އެތައް ސަފްހާއެއް!
ބްލޭކްއާއި ޓޭލާގެ ރަހުމަތްތެރިކަމަށް ނަޒަރެއް، މިހާރުގެ ހާލަތު!
ކެއުމުން ފަލަވަނީ، ނުކައި ހުރުމުން ވަރުބަލިވަނީ، ހައްލަކީ ކޮބާ؟