ބޮޑު ބަނޑެއް ލައިފިއޭ ބުނެ ކުރާ ޝަކުވާތަކަކީ މިހާރު ކަންފަތަށް އާ އަޑަކަށް ނުވާނެ އެވެ. އަތުގައި އޮތް އެންމެ ރީތި ހެދުން އެކަމުގެ ސަބަބުން ނުލެވި ބޮޑު ހިތްދަތިކަމަކާ ކުރިމަތިވެ އެވެ.
ބަނޑު ފުއްޕައި ބޮޑުވާނަމަ ތިބާގެ ކެއުމުގެ ވައްޓަފާޅިއަށް ވިސްނާލުން ރަނގަޅުވާނެ އެވެ. ފަހަރުގައި ތިރީގައި މިވާ ބާވަތްތައް ބޭނުން ކުރުން މަދުކުރުމުން ތިބާގެ މައްސަލައަށް ހައްލެއް ލިބިދާނެ އެވެ.
ޕެކޭޖް ލުއިކާނާ
ޕެކޭޖް ކޮށްގެން ވިއްކާ ލުއިކާނާއަކީ އޭގައި ލޮނާއި ހަކުރު ގިނަ އަދަދަކަށް އެކުލެވޭ ބާވަތްތަކެކެވެ. ލޮނާއި ހަކުރަކީ ބަނޑު ފުއްޕުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ.
ގޮދަނުގެ ބާވަތްތައް
ގޮދަން ބޭނުން ކޮށްގެން ހަދާފައި ހުންނަ ތަކެތި ހަޖަމު ކުރަން ހަށިގަނޑަށް އުނދަގޫވެ އެވެ. ނަތީޖާއަކަށް ވަނީ ބަނޑު ފުއްޕައި، ބޮޑު ބަނޑެއް ލުމެވެ.
އެނާޖީ ޑްރިންކްސް
އެނާޖީ ޑްރިންކްސްއަކީ އޭގައި ގިނަ އަދަދަކަށް ގޭހާއި ހަކުރު ހިމެނޭ ބުއިންތަކެކެވެ. އެހެންކަމުން ކެއުމުގައި އާއްމުކޮށް އެނާޖީ ޑްރިންކްސް ބޭނުން ކުރާނަމަ ބަނޑެއްލުމުގެ ފުރުސަތު ބޮޑުވެ އެވެ.
ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރަން: އީރާން
"ބްރޭކިން ބޭންޑް"ގެ ތަރި ގިއަންކާލޯ އިސްލާމް ވެއްޖެ
ޖިންސީ ގޯނާކުރި މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި