ރަހީނުކޮށްފައިވާ ބިދޭސީއަކަށް ފުލުހުން ހިމާޔަތްދީފިއެވެ.
ފުލުހުން ބުނީ ބަންގްލަދޭޝްގެ މީހަކު ރަހީނުކުރި މައްސަލައެއް މިރޭ ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ. އަދި އެކަމުގެ ތުހުމަތު ކުރެވެނީ ވެސް ބަންގްލަދޭޝްގެ މީހަކަށް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އަނިޔާ ލިބުނު މީހާ މިހާރު ހުރީ ފުލުހުންގެ ހިމާޔަތުގެ ދަށުގައި،" ފުލުހުން ބުންޏެވެ.
އެ ހާދިސާ ހިނގީ ކޮންތަނެއްގައި ކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ އާބާދީ އުޅެނީ 100،000 އިން މަތީގައެވެ. އޭގެތެރެއިން ގިނައީ ގަވާއިދާ ޚިލާފަށް އުޅޭ މީހުންނެވެ. ބިދޭސީންގެ މެދުގައި މާރާމާރީ ހިންގައި މީގެކުރިން މީހުން މަރާފައިވެސް ވެއެވެ.

ގިނަ ގައުމުތަކުން ޓްރަމްޕްގެ ގޮވާލުމަށް ނޫނެކޭ ބުނެފި
އީރާނުން އެދުނު ގޮތަށް މެޗުތައް މެކްސިކޯއަށް ބަދަލުކޮށް ނުދިން
ހުޅުމާލޭ ގެއެއްގައި ރޯވެ، ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން
