ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ފިޓްނެސްގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ ޝިލްޕާ ޝެޓީގެ ފިރިމީހާ، ވިޔަފާރިވެރިޔާ ރާޖް ކުންދްރާ ހައްޔަރުކުރުމާއެކު "ސުޕާ ޑާންސާ ސީޒަން 4"ގެ ޝޫޓިންތަކަށް ޝިލްޕާ ދިއުން މެދުކަނޑާލައިފި އެވެ.
ސޮނީ ޓީވީން ގެނެސްދޭ ސުޕަ ޑާންސް ސީޒަން 4ގެ ޝޯގެ ޖަޖުންގެ ޕެނަލްގައި ޝިލްޕާ ޝެޓީ ހިމެނެ އެވެ. އެހެން ނަމަވެސް މިއަދު އެޝޯގެ އެޕިސޯޑެއް ޝޫޓިންކުރުމަށް ހަމަޖެހިފައިވާއިރު، އެޝޫޓިންނަށް ޝިލްޕާ ނުދާކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ.
ޝިލްޕާ ޝޫޓިންގައި ބައިވެރިވެފައިނުވާތީ އޭނާގެ މަގާމު މި ހަފްތާގައި އަދާކުރާނީ މެހެމާނެއްގެ ގޮތުގައި މިހަފްތާގެ ޝޯގައި ބައިވެރިވާ ބޮލީވުޑް މަޝްހޫރު ތަރި ކަރިޝްމާ ކަޕޫރު އެވެ. އެހެން ނަމަވެސް ޝިލްޕާ ޝޯއިން ވަކިވިކަމެއް ނުވަތަ މިހަފްތާގެ ޝޯގައި ބައިވެރިނުވާ ކަމެއް ސޮނީ ޓީވީއިން ހާމަކޮށްފައެއް ނުވެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޝިލްޕާގެ އާއިލާ ކޮވިޑް -19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އޭނާ ވަނީ މި ޝޯގެ ޝޫޓިންތަކުން ދުރުހެލިވެފަ އެވެ. އޭރު ޝޯ ގައި ޝިލްޕާގެ ބައި ފުރިހަމަ ކުރީ މަލައިކާ އަރޯރާ އެވެ.
މުމްބާއީ ކްރައިމް ބްރާންޗުން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި، ޝިލްޕާގެ ފިރިމީހާ ރާޖް ކުންދްރާ ހައްޔަރު ކުރީ ބަރަހަނާ ފިލްމުތައް އުފެއްދުމާއި މޯބައިލް އެޕްލިކޭޝަންތަކުގައި ޕަބްލިޝްކުރުމުގައި ބައިވެރިވެފައިވާ ކަމުގެ ތުހުމަތުގަ އެވެ. އަދި އޭނާ ވަނީ މިމަހުގެ 23 އާ ހަމައަށް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ.
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
ސަރުކާރުން ބޭނުންވާ ބިމެއް ކައުންސިލްގެ އަތުން ނެގޭގޮތް ހަދަނީ
ޝިލްޕާ ޝެޓީގެ ފިރިމީހާ ހައްޔަރު ކޮށްފި