ސައުތުގެ ސިނަމާތަކުގައި ފިޔަޖަހަމުން އަންނަ ސުޕަ ސްޓާރު ދަނުޝްއަކީ އިތުރު ތައާރަފެއް ބޭނުންނުވާނެ ކާމިޔާބު ތަރިއެކެވެ.
މިހާރު ވެސް ދަނުޝްގެ އެތައް ފިލްމުތަކެއް ރިލީޒް ކުރުމަށް ވަނީ ތައްޔާރުވެފަ އެވެ. މި ފިލްމުތައް ރިލީޒް ނުކުރެވި ލަސްވަނީ ކޮވިޑްގެ ސަބަބުންކަން ވަނީ ހާމަކޮށްފަ އެވެ.
ދަނުޝްއަށް މިވަނީ ޓްވިޓާގައި އޭނާއަށް ފޮލޯކުރާ 10 މިލިއަން ފޮލޯވަރުން ލިބިފަ އެވެ. ދަނުޝް މިއީ މިހާ ގިނަ އަދަދަކަށް ސައުތުގެ ތަރިއަކަށް ފޮލޯވަރުން ލިބުނު ފުރަތަމަ ތަރި އެވެ. މި ކަމާ ގުޅިގެން ދަނުޝްގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި އުފާ ފާޅުކުރަމުންނެވެ.
ދާދި ފަހުން ދަނުޝް ވަނީ ޔޫއެސް ގައި "ދަ ގްރޭ މޭން" ގައި އޭނާ ކުޅުމަށް ހަމަޖެހިފައިވާ ރޯލްގެ ޝޫޓިންތައް ނިންމާލުމަށްފަހު އެނބުރި އައިސްފަ އެވެ. މިވަގުތު އޭނާ ކުރަމުން ގެންދާ މަސައްކަތަކީ ކުރިޔަށް އަންނަން އޮތް ދަނުޝް ގެ ފިލްމު "D43" ގެ މަސައްކަތްތަކެވެ.
ހަށިގަނޑުން ނުބައި ވަސް ދުވާނަމަ ޑޮކްޓަރަށް ދެއްކުން އަވަސްކުރޭ!
ދަރިފުޅު ބޭނުންވާ ކަންތައް ނުކުރެވޭ ކަމަށް އެންޖެލީނާ ބުނީ ކީއްވެ
އެއް ކޮޓަރީގެ ފްލެޓް ދޫކޮށްލުމުން އިތުރު ފްލެޓެއް ލިބޭނެ: ރައީސް